މަސައްކަތް
ނަންބަރު: (IUL)451-FP/1/2014/36
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 20 އޮކްޓޫބަރު 2014 11:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވެބްސައިޓް ހޮސްޓްކުރުމާއި މެއިންޓެނަންސް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓްގެ ވެބްސައިޓް ހޮސްޓްކުރުމާއި މެއިންޓެނަންސް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ  02ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

23 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014