ދެންނެވުން
ނަންބަރު: 2022/21
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:19
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލުތައް އިޞްލާހުކޮށް އާންމުކުރުން

ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލުތަކަށް ތިރީގައިވާ އިސްލާޙުތައް ގެނެސް، މި އުޞޫލުތަކުގެ ފުރަތަމަ އިސްލާޙު މި ސަރކިއުލަރއާއެކު އާންމުކުރީމެވެ.

"ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022" އަށް ގެނެސްފައިވާ ބަދަލުތައް:

އުޞޫލުގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރަށް (ނ) އަދި (ރ) ގެ ގޮތުގައި އަކުރު އިތުރުކޮށް ތަރުތީބު ކުރެވިފައި

 

ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022" އަށް ގެނެސްފައިވާ ބަދަލުތައް:

އުޞޫލުގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރަށް (ރ) އަދި (ޅ) ގެ ގޮތުގައި އަކުރު އިތުރުކޮށް ތަރުތީބު ކުރެވިފައި

10 އޮގަސްޓް 2022