މަސައްކަތް
ނަންބަރު: GS43-B/2022/34
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:32
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އޮފިޝަލް ޔުނިފޯމް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރ: GS43-B/2022/34 

ސްކޫލް އޮފިޝަލް ޔުނިފޯމް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލުން

މިސްކޫލްގެ އޮފިޝަލް ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2021/50 (02 ޑިސެމްބަރ 2021) އިއުލާނަށް ވަރަށް ގިނަފަރާތްތަކުން ޝަވްޤުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ޔުނިފޯމްގެ ސާމްޕަލް ހުށަހަޅައި ޔުނިފޯމް ތައްޔާރުކުރުމުގެ އެޕްރޫވަލް ހޯދާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ޔުނިފޯމްގެ ސާމްޕަލް ހުށަހެޅުމަށް ޝަވްޤުވެރިވާ ހުރިހާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސްކޫލުންދީފައިވާ ނަމޫނާއާއި މިންގަޑަށް ޔުނިފޯމް ސާމްޕަލް ހުށަހަޅާ ފަރާތްތަކަށް ސްކޫލުން ޔުނިފޯމު ތައްޔާރުކުރުމުގެ އެޕްރޫވަލް ލިބޭނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް ޝަވްޤުވެރިވާ ފަރާތްތަކުން 11 އޯގަސްޓް 2022 އިން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ސާމްޕަލް ހުށަހެޅުއްވުން އެދެމެވެ.

ޔުނިފޯމު އާއި ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް 6887030 އަށް ގުޅުއްވުން އެދެމެވެ.     

10 އޮގަސްޓް 2022