ބީލަން
ނަންބަރު: GS146/IUL/2022/17
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 17 އޮގަސްޓް 2022 13:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ކުރިޔަށްއޮތް 03 އަހަރުގެ ނިޔަލަށް (2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް) ފަހައި ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، 14 ޖޫން 2022 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2022/13 އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ފުރިހަމަ ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 17 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://myoffice.gulheeschool.edu.mv/forms) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 އޮގަސްޓް 21 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކ. ގުޅީ ސްކޫލް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް

ހިޔަލީމަގު، ކ. ގުޅި، ދިވެހިރާއްޖެ.

ފޯން: 6642512، ވައިބަރ: 7965902

އީ-މެއިލް: [email protected]

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މުޙައްރަމް  1444

10 އޮގަސްޓް 2022