ދިވެހިރާއްޖެ
ނަމްބަރ: (IUL)295-B/2022/50
އިޢުލާން
މިއިދާރާގެ ސެކިއުރިޓީ 01 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 08 އޯގަސްޓް 2022 ގައި މިއިދާރާއިންކުރި ނަމްބަރ: (IUL)295-B/2022/49 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޯގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
10 އޯގަސްޓް 2022