ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީގެ ނަންބަރ IUL)438-PRCU/1/2014/55)ފ(25 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުޅުވައިލަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށް ޖެހޭވަރު އެނގޭގޮތަށް)
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ، 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]