ތަމްރީނު
ނަންބަރު: MNU-CA-RG/2022/9
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 23 އޮގަސްޓް 2022 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ ޖާގަ ހުރި ކޯސްތަކަށް އިޢުލާންކުރުން

 

އިޢުލާން

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެއެވެ. ޑިޕްލޮމާ އިން މަތީގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 13 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހުގެ 14:00 އެވެ. ސެޓްފިކެޓް ލެވެލް 3، އެޑްވާންސްޑް ސެޓްފިކެޓް އަދި ފައުންޑޭޝަން ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

12 މުޙައްރަމް 1444

10 އޮގަސްޓް 2022