ދިވެހިރާއްޖެ
މިސެންޓަރުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމަށް ޓްރޮފީއާއި މެޑަލް އަދި ސޭޝްތަކެއް، މިސެންޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ކޯޓޭޝަނުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް މުޅިޖުމްލަ އަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ
- އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެންމެ އަންދާސީހިސާބެކެވެެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތުގެ ލިޔުމެއް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
- އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން
ޕޮއިންޓް ދެވޭގޮތް:
- އަގަށް: %70
- ތަޖްރިބާ: %20
- މުއްދަތު:
ތަޖުރިބާއަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:
މަސައްކަތުގެ އަދަދު |
ޕޮއިންޓް |
1 - 5 |
05 |
6 - 10 |
10 |
11 - 15 |
15 |
16 ނުވަތަ އެއަށްވުރެ މަތި |
20 |
މުއްދަތަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:
ދުވަހުގެ އަދަދު |
ޕޮއިންޓް |
02 |
10 |
04 |
05 |
ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަންތައް ބާޠިލުވާނެއެވެ.
22 ޛުލްޙިއްޖާ 1435