މަސައްކަތް
ނަންބަރު: ASMH/MSS/2014/15
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 20 އޮކްޓޫބަރު 2014 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކުރަން

ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކުރަން ބޭނުންވެއްޖެ.

ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: ASMH/MSS/2014/14 އިޢުލާނާ ގުޅިގެން ހުށަހެޅުއްވި އަންދާސީހިސާބުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހެޅުއްވުމަށާއި މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

22 ޛުލްޙިއްޖާ 1435 

16 އޮކްޓޫބަރު 2014