ދިވެހިރާއްޖެ
ރިސާރޗް ކޮންސަލްޓަންޓް
ތާރީޚް: 09 އޯގަސްޓް 2022
ނަންބަރު: IUL)486-HR/1/2022/33)
މި އޮފީހުން ކުރި ނަންބަރ: IUL)486-HR/1/2022/31) އިޢުލާނާއި ގުޅިގެން ރިސާރޗް ކޮންސަލްޓަންޓްގެ މަޤާމަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.
މަޤާމް |
ރިސާރޗް ކޮންސަލްޓަންޓް |
މުއްދަތު |
2022 ޑިސެންބަރު 17ގެ ނިޔަލަށް |
ބޭނުންވާ އަދަދު |
01 (އެކެއް) |
މި މަޤާމުގެ ޝަރުޠުތަކާއި، މަސްޢޫލިއްޔަތުތައް ހިމެނޭ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމަށް އެދި ހުށަހެޅުން
މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޯގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- މަޤާމަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
- ކުރިންކޮށްފައިވާ މި ބާވަތުގެ މަސައްކަތްތައް ދަލީލުކޮށްދޭ ރިފަރެންސް ސިޓީ (މަސައްކަތްކޮށްދިން އިދާރާ، މަސައްކަތްކޮށްދިން މުއްދަތު އަދި ކުރި މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އެހެނިހެން:
- މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 5 ފަރާތެވެ.
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
- މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ދިވެހިންނަށެވެ.
- މަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް މިއިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
11 މުޙައްރަމް 1444