ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) A09-HC/2014/07
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 20 އޮކްޓޫބަރު 2014 14:00
ވަށަފަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މި މަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށް، ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެޓެންޑެންޓް

އެސް. އެސް 2

މަޤާމު:

ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 2

ކްލެސިފިކޭޝަން:

ހއ. ވަށަފަރު ޞިއްޙީމަރުކަޒު

ހއ. ވަށަފަރު ޞިއްޙީމަރުކަޒު

އޮފީސް / އިދާރާ

ސެކްޝަން

ހއ. ވަށަފަރު ޞިއްޙީމަރުކަޒު

3470.00 ރުފިޔާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ޞިއްޙީމަރުކަޒުގެ ވޯޑާއި ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، އިންޖެކްޝަން ރޫމާއި އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތައް ސާފުކޮށް ބެލެހެއްޓުން.
  2. ޢިމާރާތުގެ ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި ބަލިމީހުންނަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ އެންމެހައި ތަކެތި ފަރުވާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.
  3. މެޑިކަލް ސައިޑްގައި ބޭނުންކުރެވޭ އިކުއިޕްމަންޓުތައް ސްޓްރައިލް ކުރުމާއި އޮޓޯކްލޭވް ކުރުމުގައި ނަރުހުންނަށް އެހީތެރިވެދިނުމާއި އެތަކެތި ޚިދުމަތަށް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށް ތަރުތީބު ކުރުން.
  4. ޞިއްޙީމަރުކަޒުގައި ބޭނުންކުރެވޭ ބެޑްޝީޓާއި އެހެނިހެން އެފަދަ ތަކެތި ދުވަހުންދުވަހަށް ދޮވެ އިސްތިރިކުރުން. އަދި އެނދުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނިބުނި (އިޖެކްޝަން، ސިރިންޖް، ވަޔަލްސް، އައި.ވީ ލައިން ފަދަތަކެތި) ރައްކާތެރި ގޮތުގައި އިންސިނިރޭޓްކޮށް ނައްތާލުން.
  6. ޞިއްޙީ ޚިދުމަތް ދިނުމުގައި ބޭނުންކުރެވޭ ބައެއް ތަކެތި (ސްވޯބް، ގޯޒް، ޕެޑްފަދަ ތަކެތި) ތައްޔާރު ކުރުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
  7. ޞިއްޙީމަރުކަޒުގެ ކަބަޑުތަކާއި ޓްރޯލީތަކާއި އެނދުތަކާއި ކައުންޓަރ، މޭޒުތައް ސާފުކޮށް ބެލެހެއްޓުން.
  8. ބަލިމީހުން އުފުލަންޖެހޭ ޙާލަތްތަކުގައި ޕޯޓަރުންގެ ގޮތުގައި ބަލިމީހުން އުފުލުން.
  9. މަސައްކަތު މީހަކު ނެތިއްޖެ ޙާލަތެއްގައި މަސައްކަތު މީހެއްގެ މަސްއޫލިއްޔަތު އަދާކުރުން.
  10. ޚިދުމަތް ހޯދުމަށް އަންނަފަރާތްކަށް ޚިދުމަތުގައި އެހީތެރިވެ މަގު ދައްކައިދިނުން.
  11. ޞިއްޙީމަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓު ދިނުމަށްފަހު އޭގެތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ އުސޫލުންނެވެ. އެގޮތުން ބެލެވޭނެ ކަންތައްތަކަކީ:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 21 އޮކްޓޫބަރު 2014 އާއި 4 ނޮވެންބަރު 2014 އާ ދެމެދު ވަށަފަރު ޞިއްޙީމަރުކަޒުގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއިގަޑި ވަގުތު އޮއްވައި ލިޔުމުން އެފަރާތަކަށް އެންގޭނެއެވެ. 

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެޕްލިކޭޝަންތައް ފޮނުއްވާނީ 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު ފަހުގެ 14:00 ގެ ކުރިން ވަށަފަރު ޞިއްޙީމަރުކަޒަށެވެ.

އުޖޫރައާއި އިނާޔަތްތައް:

 

ކަނޑައެޅިފައިވާ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިބިދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ވަށަފަރު ޞިއްޙީމަރުކަޒުންނާއި ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބެންހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓު ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މި މަރުކަޒުގެ 6500565 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500565 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

7 ޛުލްޙިއްޖާ 1435

01 އޮކްޓޫބަރު 2014