ދިވެހިރާއްޖެ
މަޤާމު : މަސައްކަތު
އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލުގެ އިދާރާ
ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
މަސައްކަތް ކުރަންޖެހޭ ތަން : ނ ވެލިދޫ ނަހްޒާ ޕްރީސްކޫލް
މުސާރާ: -/3000
ބޭނުންވާ އަދަދު : 01
1- މަޤާމުގެ ޝަރުޠުތައް :
1. ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ހެނދުނު 8:00 ގެ ކުރިން މަދުވެގެން 1 (އެކެއް) ފަހަރު ސްކޫލުގެ ދެމަގުމަތި ކުނިކެހުން އަދި ކްލާސްތެރެ ކުނިކަހައި މޮޕްކޮށް ކުދިންގެ ފާޚާނާ ސާފުކުރުން.
- ކޮންމެ ދުވަހަކު 1 (އެކެއް) ފަހަރު ސްކޫލުގެ ގޯތިތެރެ ކުނިކަހައި ކުނި އުކާލުން.
- ކޮންމެ ދުވަހަކު 1 (އެކެއް) ފަހަރު އޮފީސްތެރެ ކުނިކަހައި މޮޕުކޮށް އޮފީސް ފާޚާނާ ސާފުކުރުން.
- ހަފްތާއަކު 1 (އެކެއް) ފަހަރު ކްލާސްތަކާއި އޮފީސް ފޮޅައި ސާފުކުރުން.
- ހަފްތާއަކު 3 (ތިނެއް) ދުވަހު (އަންގާރަ، ބުދަ، ބުރާސްފަތި) ވެލިކުޅޭ ސަރަހައްދު ކުނިކަހައި ފެންޖެހުން އަދި ފަންކާތަކާއި ބިއްލޫރިތައް ފުހުން.
- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
- މަސައްކަތުގައި ދުވާލަކު ޖުމްލަ 7 (ހަތެއް) ގަޑިއިރު ހޭދަކުރުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ނަހުޒާ ޤުރުޢާން ކްލާހުގެ މަގުމައްޗާއި ގޯތިތެރެ ކުނިކެހުން.
- ސްކޫލް ހިންގާ ފަރާތުން އަންގާ ގޮތަކަށް ސްކޫލުގެ ކަންކަން ކުރެއްވުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ނަހުޒާ ޤުރުއާން ކްލާސްތެރެ ކުނިކަހައި މޮޕްކޮށް ފާޚާނާ ސާފުކުރުން.
- ނަހުޒާ ޕްރީސްކޫލާއި ނަހުޒާ ޤުރުއާން ކްލާހުގެ ލިޔެކިޔުންތައް ހަވާލުކުރުން.
- މަސައްކަތަށް ހޯދަން ބޭނުންވާ ތަކެތި ކޮންމެ ހަފްތާއަކު އިދާރީ މުވައްޒަފަށް އެންގުން.
- ސްކޫލް ހިންގާ ފަރާތާއި މަޝްވަރާ ކޮށްގެން ނޫނީ މުޙިއްމު މައްސަލަތަކުގައި ގޮތެއް ނުނިންމުން.
- މިނޫނަސް ވަޒީފާއާ ގުޅޭގޮތުން ސްކޫލުން ނުވަތަ ޤުރުއާން ކްލާހުން އަންގާ ކަންކަން ކުރުން.
3- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :
- ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހުން.
4- އިންޓަވިއު އޮންނާނެ ތަނާއި ، މުއްދަތު:
މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 އޮކްޓޫބަރު މަހުގެ ފަހުކޮޅުގެ ތާރީޚެއްގައި ވެލިދޫ ކައުންސިލުގެ އިދާރާގައެވެ.
5- މަޤާމަށް އެދެންވީގޮތާއި ސުންގަޑި :
ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް :
1. ފުރިހަމަކޮށްފައިވާ (އެޕްލިކޭޝަން ފޯމު ރަސްމީގަޑީގައި ވެލިދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6560010) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6560030) އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
މި އިޢުލާނާ ގުޅިގެން ޕްރީސްކޫލް މަސައްކަތު މީހެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: ESM(IUL)-2014/96 (04 ސެޕްޓެންބަރ 2014) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އެ އިޢުލާންވަނީ ބާޠިލުކުރެވިފައެވެ.
14 ޛުލްޙިއްޖާ 1435