މަސައްކަތް
ނަންބަރު: L05C-C/2022/03
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 16 އޮގަސްޓް 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު ޢިމާރާތާއި ކޯޓު ގޯތީގެ ވަށައި އިންފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް

އިޢުލާން

ކޯޓު ޢިމާރާތާއި ކޯޓު ގޯތީގެ ވަށައި އިންފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތްކުރުން.

       މި ކޯޓު ޢިމާރާތާއި ކޯޓު ގޯތީގެ ވަށައި އިންފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދު (09 އޮގަސްޓު 2022) ން ފެށިގެން 2022 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 11:00 އާ ހަމައަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮގަސްޓު 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

       މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

       11 މުޙައްރަމް 1444

       09 އޮގަސްޓު 2022

09 އޮގަސްޓް 2022