ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/222
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 26 އޮގަސްޓް 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ

މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުއްޔަށް ދޫކުރާ ތަނާއި ބެހޭ މަޢުލޫމާތު

     (ހ) ވިލިމާލެ ލޯކަލް މާރުކޭޓް/ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނު (20 ގޮޅި)

     (ށ) މަހަކު 1050/-  ރުފިޔާ

     (ނ) ކުއްޔަށް ދޫކުރާ މުއްދަތު 01 އަހަރު ދުވަސް

     (ރ) ޕޮއިންޓް ދިނުމުގައި ޢަމަލު ކުރާނެ ގޮތް

  • ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއްނަމަ 55 ޕޮއިންޓް
  • މާލޭގެ ރަށްވެހިންނާއި، ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ ފަރާތެއްނަމަ 30 ޕޮއިންޓް
  • މާލެއާއި ވިލިމާލޭގެ ރަށްވެހިންނާއި، ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ވިލިމާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅޭ ފަރާތެއްނަމަ 15 ޕޮއިންޓް

     (ބ) ގޮޅި ފަރުމާ ކުރެވިފައި ހުންނަން ޖެހޭ ގޮތް: މާލެ ސިޓީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް

     (ޅ) ތަން ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތައް

  • ލޯކަލް މާރުކޭޓުން ގޮޅި ދޫކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ މާލެސިޓީގައި ދިރިއުޅޭ، ދިވެހި ރަށްވެހީންނަށެވެ.
  • ކޮންމެ ފަރާތަކަށްވެސް ފޯމް ލެވޭނީ އެއްގޮޅިއަށެވެ.
  • އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއަށްވުރެ ގިނަ ގޮޅީގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާޠިލް ވާނެއެވެ.
  • މިކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޙިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާޠިލް ވާނެއެވެ.

     މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 10 އޮގަސްޓް 2022 އިން ފެށިގެން 25 އޮގަސްޓް 2022 ގެ ނިޔަލަށް، މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އިން އެކަމަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރައްވާ ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއިއެކު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައިކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށް މާލެސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަން އޮފީހުންނެވެ. ފޯމަ ބަލައިގަތުމުގެ އެންމެ ފަހު ތާރީޙަކީ 25 އޮގަސްޓް 2022 ގެ 14:00 އެވެ. މިތާރީޙުގެ ގަޑީގެ ފަހުން ފޯމްތައް ބަލައި ނުގަނެވޭނެއެވެ.

     ވީމާ، މާރުކޭޓް ގޮޅިހިންގަން ބޭނުން ފުޅުވާ ފަރާތްތަކުން އެކަމަށް އެދި ފޯމަށް ހުށަހަޅުއްވަމުން ގެންދެވުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2022