ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/I/2014/893
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 27 އޮކްޓޫބަރު 2014 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން މެންބަރަކު ޢައްޔަންކުރުމާބެހޭ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 8/2009) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މި ބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަން އާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 ބޭފުޅުންނެވެ.

މިގޮތުން މިހާރު އެކުލަވާލާފައިވާ ބޯޑުން، ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީ މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މިބޯޑުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރުން ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހަޅުއްވާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.

 ފެންވަރު ނުވަތަ ޝަރުޠު

  1. ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
  2. މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހުން ކަމުގައި ނުވުން.

މިބޯޑުގެ އެއްވެސް މަޤާމަކަށް ކުރިމަތިލައްވާ ބޭފުޅަކީ، މިބޯޑަށް ހުށަހެޅުމަށް ޝަރުޠު ހަމަވާ ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ސިލެކްޝަން ކޮމިޓީގެ މެންބަރުންނާއި، މިނިސްޓަރުންނާއި، އެ ފެންވަރަށްވުރެ މަތީ މަޤާމެއް ފުރަމުންގެންދާ މީހެއްގެ ޢާއިލާގެ މީހަކަށް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާމީހަކަށް) ވެގެން ނުވާނެއެވެ. އަދި މި ބޯޑަށް ހުށަހަޅާނެ ބޭފުޅުން ކަނޑައަޅާއިރު، މީގެ އިތުރުންވެސް މިބޯޑުގެ މުސްތަޤިއްލު ކަން ދެމެހެއްޓުމަށާއި، މަސްލަޙަތު ފުށުއަރާ ކަންކަން ނައްތާލުމަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށާއި، ކުރަންޖެހޭ ކަންތައް ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ސިލެކްޝަން ކޮމިޓީން އަޅާނެއެވެ.

މިބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެވެ.

  • އެކްރެޑިޓްކޮށް، އެޓެސްޓު ކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓުފިކެޓުތަކުގެ ކޮޕީ
  • ޕެންޝަން، ބޭންކިންގ، އިންޝުއަރެންސް ނުވަތަ އިޤްތިޞާދީ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތް ކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް، ދާއިމީ އަދި މިހާރުގެ އެޑްރެސް.

ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މަތީގައި ދަންނަވާފައިވާ މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން ނުވަތަ ފެކްސް އިން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓަރމްސް އޮފް ރެފަރަންސް މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މައްޗަންގޮޅި، 20379

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް: [email protected]

13 އޮކްޓޫބަރު 2014