ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 459-HRM/1/2014/1012
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 23 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

މަގާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS3

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ޗައިލްޑް ރައިޓްސް ޑިވިޜަންގެ ފޯސްޓަރިންގ ސަރވިސް ސެކްޝަން)

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެނެޖްމަންޓް/ ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މެނޭޖްމަންޓް/ ސޯޝަލް ސައިންސް ގެ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މެނޭޖްމަންޓް/ ސޯޝަލް ސައިންސް ގެ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ކުޑަކުދިން، ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ޢާއްމު މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ރާވައި ބެލެހެއްޓުން.
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ބެލެހެއްޓުން.
  3. ކުޑަކުދިންނާ، ގުޅުންހުރި ޤާނޫނުތަކާ ބެހޭ ގޮތުން ކަމާ ބެހޭ ހުރިހާ މުއައްސަސާތަކާއި ޢާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޕްރޮގުރާމުތައް ރާވައި ބެލެހެއްޓުން.
  4. ކުޑަކުދިންގެ ޙައްޤުތަކާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި ފައިނޭންޝަލް އެސިސްޓަންސް ހޯދުމަށް ބޭރުގެ ޖަމްޢިއްޔާ ތަކާއެކު މަސައްކަތް ކުރުން
  5. ޑޯނަރ އެޖެންސީތަކާއެކު މިނިސްޓްރީން އެއްބަސް ވެވޭ ވާރކްޕްލޭންތައް ތަންފީޒުކުރުމުގެ މިނިސްޓްރީގެ ޕޮލިސީ އެންޑް ޕްލޭނިންގ ސެކްޝަނާ ގުޅިގެން ތަންފީޒު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. ކުޑަކުދިންނާ، ގުޅޭގޮތުން ދިވެހި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކާއި އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  7. ސާރކް އޭޝިއާ އިނީޝިއެޓިވް ޓު އެންޑް ވައިލަންސް އަގައިންސްޓް ޗިލްޑްރަންގެ އެންމެހާ މަސައްކަތްތައް ކުރުން.
  8. މިނިސްޓްރީގެ އަހަރީ ބަޖެޓް އެކުލާވާލުމުގެ މަސައްކަތާ، ސެކްޝަން ވާރކްޕްލޭން ތައްޔާރު ކުރުން.

 

މަޤާމު

ސޯޝަލް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޖެންޑަރ އިކްއަލިޓީ އެންޑް ވުމަން އެމްޕަވަރމަންޓް ސެކްޝަން.

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް

މަހަކު -/2000

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ބޭރުގެ އެހީދޭ ޖަމާޢަތްތަކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުތަކުގެ އަހަރީ މަސައްކަތު ތާވަލުތައް އެކުލަވާލުމާއި އަންދާސީ ބަޖެޓް އެކުލަވާލުމާއި އަހަރީ ތާވަލުގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުން.

2. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ރާއްޖެއިން ސޮއިކޮށް އަދި ތަސްދީޤު ކޮށްފައިވާ މުޢާހަދާތަކުގައި ހިމެނޭ ކަންތައްތައް ކުރުން.

3. އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ރާއްޖެއިން ސޮއިކޮށް ތަސްދީޤު ކޮށްފައިވާ މުޢާހަދާގައި ހިމެނޭ އެންމެހައި ކަންތައްތައް ކުރުން.

4. މުޖުތަމަޢުގައި ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ބެހޭގޮތުން ސަރުކާރުގެ އިދާރާތަކާއި މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ހިންގުން.

5. ހުރިހާ ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައޅާ ސިޔާސަތުތަކާ، ގަވާއިދުތަކާ، މަޝްރޫޢު ތަކުގައި ޖެންޑަރ ހަމަހަމަކޮށް އެންމެހާ މަސައްކަތްތައް ރޭވުމަށް ބާރުއެޅުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

މަޤާމު

އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ކޭސްމެނޭޖްމަންޓް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކްޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް ސައިންސްގެ ރޮނގުން ލެވެލް 3 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް،

  1. ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތް ކުރުމާއި ކޭސް ތަކުގެ ޙާލަތު ބަލައި، އެސެސްމަންޓް ހެދުމާއި، އެކްޝަންޕްލޭން ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ކަމާބެހޭ ދާއިރާތަކާއެކު މައްސަލަތައް ޙައްލު ކުރުމަށް އެހީތެރިވެ ދިނުމާއި މައްސަލަތަކާ ބެހޭ މަޢުލޫމާތު ގަވާއިދުން އަޕްޑޭޓުކޮށް ބެލެހެއްޓުން.
  2. ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސީރިއަސް ނުވަތަ ކުއްލިހާލަތެއް ކުރިމަތިވާ މައްސަލަތަކުގައި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި އެ ފަރާތުގެ ލަފާގެމަތިން، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ހާނީއްކަ ލިބުނު ފަރާތަށް، އެހީތެރިކަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުން.
  3. އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
  4. ހަމަޖެހިފައިވާ އުސޫލުން ސެޝަންތައް ނެގުމާއި، މަސައްކަތާގުޅޭ ލިޔެކިޔުންތަކުގެ އެންޓްރީއާއި ޔައުމިއްޔާ ލިއުމުގެ މަސައްކަތް ކުރުން
  5. މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޝަންތަކާ ގުޅޭ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރުން.

 

ސުންގަޑި

2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 2:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ ފުރަތަމަ ފަންގިފިލާ)، 2014 ވަނަ ނޮވެންބަރު 02 އިން 06 އާ ދމެދުގެ ތާރީޚެއްގައެވެ. 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

08 އޮކްޓޫބަރު 2014