ދިވެހިރާއްޖެ
މި އިދާރާގެ ވޭސްޓު މެނޭޖްމަންޓު ސެކްޝަނުގައި ބޭނުން ކުރުމަށް 200 ގެ ދެ އެކްސްކަވޭޓަރ ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)425-CB/1/2014/191 (23 ސެޕްޓެންބަރު 2014) ގެ އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، 2 އެކްސްކަވޭޓަރ ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
19 އޮކްޓޫބަރު 2014 |
މާލޭ ސިޓީ ހޯލް |
އާދީއްތަ |
13:00 |
އަގު ހުށަހެޅުއްވުމަށް |
22 އޮކްޓޫބަރު 2014 |
މާލޭ ސިޓީ ހޯލް |
ބުދަ |
13:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
19 ޛުލްޙިއްޖާ 1435