ތަމްރީނު
ނަންބަރު: (IUL)166-schol/166/2014/137
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 23 އޮކްޓޫބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕުގެ ފުރުޞަތު

ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިއީ، ވާރލްޑް ބޭންކްގެ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހުޅުވާލެވޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެކެވެ.

ޤައުމު/މަރުކަޒު

އަދަދު

ކަނޑައެޅިފައިވާ ސެކްޝަން/ޑިޕާޓްމަންޓް

ލެވެލް

ކޯސް

ދިވެހިރާއްޖެ

1

ޕްރޮކިއުމެންޓް ސެކްޝަން

ބެޗްލަރސް ޑިގްރީ

އެކައުންޓިންގ އެންޑް ފައިނޭންސް

އޯވަރސީސް/ ނޮން އޯ.އީ.ސީ.ޑީ ގައުމެއް

1

އީ.ސެކްޝަން/ ޑީ.އެޗް.އީ

މާސްޓަރޒް

ސްޓެޓިސްޓިކްސް

ބެޗްލަރސް ޑިގްރީ

  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 03 މާއްދާއިން 'އީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން.
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

މާސްޓަރސް ޑިގްރީ

  • އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ.)  އަދި
  • ބެޗްލަރސް ޑިގްރީ ފުރިހަމަކުރެއްވުމަށްފަހު ޤައުމަށް ޚިދުމަތްކުރައްވާތާ، ކޯހުގެ ސުންގަޑި ހަމަވާ ތާރީޚުގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވުން.

މިކޯސްތަކުގެ އިތުރު ޝަރުޠުތަކާއި ކޯހާބެހޭ މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމު www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.

ޝަރުޠު:

  • ހުށަހަޅާ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • މި ޕްރޮޖެކްޓުގެ ދަށުން ތަމްރީނު ކުރެވޭ ހުރިހާ ފަރާތްތަކަކުންވެސް ޓްރައިނިންގ ކަނޑައެޅިފައިވާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ސެކްޝަން/ ޑިޕާޓްމަންޓް/ ސްކޫލްތަކަށް ކަނޑައެޅިފައިވާ އުސޫލުން ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ.
  • އެ ކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ  ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިއާ ގުޅޭ އިތުރު ތަފުސީލު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކުރިޕްޓަށް ޕޮއިންޓްސް ދެވެން ނޯންނާތީ އެފަރާތުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެންނުވާނެއެވެ.
  • މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓުގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.

ނޯޓް:

* މިކޯސްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

* މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ދާއިރާއަކަށް ކަނޑައެޅިފައިވާ ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދޭނީ މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.

* ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް/ޑިވިޜަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެތަނަކަށް ކަނޑައެޅިފައިވާ ކޯހަކަށް ކުރިމަތިލާނަމަ މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

* މިފުރުޞަތުގެ ދަށުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯސް ލިބުނުކަން އަންގާ ދުވަހުން ފެށިގެން 10 މަސްދުވަހުގެ ތެރޭގައި، ހޮވިފައިވާ ކޯހުގެ ޕްލޭސްމަންޓް ހުށަހަޅައި ކިޔަވަންފަށަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި، މަޤުބޫލު އުޒުރެއްނެތި ކިޔަވަން ނުފަށައިފިނަ ލިބިފައިވާ ފުރުޞަތު ބާޠިލުވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި، އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު (އެޓެސްޓެޑް އޮރިޖިނަލް).
  •  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • މޯލްޑިވްސް ކޮލިފިކޭޝަން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ޚިދުމަތުގެ ރެކޯޑަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާތީ ޚިދުމަތްކޮށްފައިވާ މުއްދަތު ތަފުސީލުކޮށް އެނގޭނޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
  • މީގެ އިތުރުން ސްޓާފް ޑިވެލޮޕްމަންޓްގެ ޝަރުޠު ފުރިހަމަވުމަށް އިތުރު ލިޔެކިޔުމެއް ހުށަހަޅަންޖެހޭނަމަ އެ ލިޔުމެއް.
  • މާސްޓަރސް ޑިގްރީ ކޯހަށް ހުށަހަޅާ ފަރާތްތަކުން ބެޗްލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ ކޯހުގެ ސުންގަޑި ހަމަވާ ތާރީޚުގެ ނިޔަލަށް 1 އަހަރު ފުރިހަމަވެފައިވާކަމުގެ ލިޔުން.
  • މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓުން/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން
  • ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓަށް/ ޑިވިޜަނަށް ޚިދުމަތް ކުރުމަށް އެއްބަސްވާ ކަމުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 23 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

09 އޮގަސްޓް 2014