ތަމްރީނު
ނަންބަރު: SAM / 2014 / IUL / 022
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފީނާ ސްވިމިންގ ކޯޗަރސް ކްލިނިކް 2014

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާބެހޭ ޖަމްޢިއްޔާ (ފީނާ) އާ ގުޅިގެން ސްވިމިންގ ކޯޗިންގ ކްލިނިކެއް 2014 އޮކްޓޫބަރު 19 ން 29 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކްލިނިކްގެ ގަޑިތައް ހަމަޖެހިފައިވާނީ ތިރީގައިވާ ގޮތަށެވެ.

ޕްރެކްޓިކަލް: އޮކްޓޫބަރު 19 ން 29 ކޮންމެ ދުވަހެއްގެ 07:00 ން 09:00 އަށް

ތިއަރީ: އޮކްޓޫބަރު 19 ން 29 ކޮންމެ ދުވަހެއްގެ 13:00 ން 15:00 އަށް

  • މި ކްލިނިކްގައި ބައިވެރިވެވޭނީ ހަމައެކަނި ފަތަން ދަންނަ ފަރާތްތަކަށެވެ.
  • މިކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 25 ފަރާތަށެވެ. 25 ފަރާތަށްވުރެ ގިނަ ފަރާތުން މި ކްލިނިކްގައި ބައިވެރިވުމަށް ކުރިމަތިލާފައިވާނަމަ، ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅާނީ، އެބޭފުޅެއް ސްވިމިންގގެ ދާއިރާއަށް ޚިދުމަތްކޮށްދީފައިވާ މުއްދަތަށާއި ތަޖުރިބާއަށް ބެލުމަށްފަހު މި އެސޯސިއޭޝަނުންނެވެ.
  • ކްލިނިކް ބޭއްވުމަށް ހަމަޖެހިފައިވާ ތަން: މާލެ

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯމު ފުރިހަމަ ކުރުމަށްފަހު، 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމު ސަބްމިޓް ކުރެއްވުން އެދެމެވެ.

އޮންލައިން އެޕްލިކޭޝަން ފޯމު ލިންކް: http://goo.gl/9AccPi

09 އޮކްޓޫބަރު 2014