ވަޒީފާގެ ފުރުޞަތު
ނަންބަރު: GS03/2014/63
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 23 އޮކްޓޫބަރު 2014 14:00
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމު : އޮފީސް އެސިސްޓެންޓް      

ބޭނުންވާ އަދަދު : 01

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން : ހިތަދޫ ސްކޫލް

ޝަރުޠު :


ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

 

ޝަރުޠު

 

ކްލެސިފިކޭޝަން

 

 

ރޭންކް

 

 

މަޤާމު

 

-/1000

 

-/3470

މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީންއެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ސަޕޯޓް ސްޓާފް ގްރޭޑް 2

 

އެސް.އެސް.2

 

އޮފީސް އެސިސްޓެންޓް

 

މަޤާމުގެ މަސްއޫލިއްޔަތު :

(ހ) މި ސްކޫލުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ ، މެސެޖް ފަދަ ލިޔުންތައް، ރައްދުކުރަންޖެހޭ ފަރާތްތަކަށް، ލިޔުންތައް ޙަވާލުކުރާތާ ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި ޙަވާލުކޮށް ނިންމުން.

(ށ) ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާރޗެސް އޯޑަރު ފޯމު ދިނުމުން ، އެތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމް، ފޯމު ޙަވާލުކުރާ ދުވަހު، ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ސްކޫލަށް ގެނައުން.

(ނ) ސްކޫލަށް ލިބޭ ބިލްތަކަށް ދައްކަންޖެހޭ ފައިސާ، ބަޖެޓް ސެކްޝަނުން ޙަވާލުކުރާތާ ލަސްވެގެން 3 ގަޑިއިރު ތެރޭގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

(ރ) މަސައްކަތު މީހުންގެ މަސައްކަތްތައް، ޙަވާލުވެ ހުންނަ ވެރިޔެއްގެ ލަފާގެ ދަށުން ސުޕަވައިޒުކޮށް މަސައްކަތު މީހުންގެ ޑިޔުޓީތަކާއި މަސައްކަތްތައް ބަހައި ޙަވާލުކޮށް، މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު މެނޭޖްމެންޓަށް ފޯރުކޮށްދިނުން.

(ބ) ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި، ފަންކާ އަދި ފަރުނީޗަރު ތަކުގެ ޙާލަތު ބަލައި، މަރާމާތާ ގުޅޭ ކަންތައްތައް، ބަޖެޓް ސެކްޝަނާއި ގުޅައިގެން އެކަންތައްތައް ކުރުވުން.

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- ސަރުކާރު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ. 

ހުށަހަޅުއްވަންޖެހޭ ތަކެތި :

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސްކޫލް ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އެކްރެޑިޓް ކޮށްފައި، ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިޔުންތަކާއި ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކެ)

ފޯމު ފޮނުވަންޖެހޭ ތާރީޚު : 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތިަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހިތަދޫ ސްކޫލަށް.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6886908 ނަންބަރު ފޯނާއެވެ.

އިންޓަވިއު އޮންނާނެ ތަނާއި ގަޑި : ހިތަދޫސްކޫލް އޮފީހުގައި ، 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައި.

13 އޮކްޓޫބަރު 2014