ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2022/52
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 17 އޮގަސްޓް 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ދޫކުރުން

ވިޔަފާރި ބިންތައް ދޫކުރުމާއި ބެހޭ.

           މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

ބިމުގެ ކެޓަގަރީ

ތަފްސީލް

ބިމުގެ އަދަދު

ބިމުގެ ބޮޑުމިން

(1)    ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި

04

1500 އަކަފޫޓު

 

 

މާކުސް ދެވޭ މިންގަނޑު:

#

ތަފްސީލް

މާކުސް

1

އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް.

މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ.

(މާކުސްދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ކުއްޔަކީ ބެންޗް މާކްކަމުގައި ބަލައިގެންނެވެ.)

50

2

ޕްރޮޖެކްޓް ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހުށަހަޅާ އަވަސް މުއްދަތު

(މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަސް މުއްދަތަކީ ބެންޗް މާކް ކަމުގައި ބަލައިގެންނެވެ.)

20

3

އިޖްތިމާއީ ފައިދާއަށް ކޮށްދޭނެ ކަންކަމަށް

(މާކުސްދެވޭނީ އިޖްތިމާއީ ފައިދާއަށް އެންމެ ރަގަނޅަށް ހުށަހަޅާ ފަރާތަކަށް އެންމެ މަތިން މާކުސް ލިބޭނެ ގޮތަކަށެވެ.)

20

4

މާލީ ޤާބިލުކަމަށް

(މާކުސް ދޭނީ ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 3 މަސްދުވަހުގެ ބެންކް ސްޓޭޓްމަންޓަށް ބަލައިގެންނެވެ. ކޮންމެ މަހެއްގެ މަސްނިމޭ ބެލެންސް އެވްރެޖް ހޯދުމަށްފަހު، އެންމެ ބޮޑު އަދަދަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.)

10

 

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.

އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

-          މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް

-          ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ވެރިފަރާތުން ނޫން މީހަކަ ލައްވާ އަގު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީއާއިއެކު ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ.

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2022