މުބާރާތް
ނަންބަރު: MBA/IUL/2022/08
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 14 އޮގަސްޓް 2022 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
މިނީ ބާސްކެޓްބޯލް ފެސްޓިވަލް 2022

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 07 ސެޕްޓެމްބަރ 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނީ ބާސްކެޓްބޯލް ފެސްޓިވަލް 2022" މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ ފާރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

 

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

 

07 އަހަރުން ދަށް (އަންހެން / ފިރިހެން)

08 އަހަރުން ދަށް (އަންހެން / ފިރިހެން)

09 އަހަރުން ދަށް (އަންހެން / ފިރިހެން)

10 އަހަރުން ދަށް (އަންހެން / ފިރިހެން)

11 އަހަރުން ދަށް (އަންހެން / ފިރިހެން)

08 އޮގަސްޓް 2022