ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)(I)HR/P/2014/18
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި:
19 އޮކްޓޫބަރު 2014 14:30
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލްގެ ނަންބަރ 2014/12//P/HRފ(1)(1)GNAHފ(11 އޮގަސްޓު 2014) އިޢުލާނުގައި އެދިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ބޭފުޅަކު ފޯމު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާންކުރަމެވެ.
މަޤާމު
|
އެކައުންޓްސް އޮފިސަރ
|
ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގރ. 1
|
ރޭންކް
|
އެމް.އެސް1
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
ސެކްޝަން
|
ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން
|
މުސާރަ
|
-/5610 ރުފިޔާ ( މަހަކު )
|
ސާރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ، މަޤާމުގެ މަސއްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދުތަކާއި އެއްގޮތަށް ފައިސާގެ މަސައްކަތްތައް ކުރުމާއި، ބަޖެޓް އަދި އެހެނިހެން އެކައުންޓުތަކުގެ ޚަރަދު ރިޕޯޓާއި މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގެ ކުރިން ޗެކުކުރުން ، އަދި ފައިސާ ޚަރަދު ކުރުމަށް ތައްޔާރުކުރާ ވައުޗަރ ޚަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން ޗެކުކުރުން.
- އެކައުންޓުތަކުގެ ބާކީ ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރު ކުރުން.
- ބަޖެޓާބެހޭ ގޮތުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
|
ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު ( ސަރުކާރު ބަންދުނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި މި އިދާރާގެ އޮފީހުން ލިބެންހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
- ސަރުކާރުގެ ނުވަތަ ސިވިލް ސާރވިސް އަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާފައިވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖަރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ، ޤާބިލުކަމާއި ސިފަތައް
|
ސުންގަޑި
|
މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 19 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހު 14:30ގެ ކުރިން މިހޮސްޕިޓަލުގެ އިދާރީ ބަޔަށް ހުށައެޅުއްވުން އެދެން
|
ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދުނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ އިދާރީ ބައިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. މި މަޤާމަށް ޝަރުޠު ހަމަވާ 10 ބޭފުޅުންނަށް ވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ އިންޓަވިއުއަށް ނެގޭނޭނީ އެކަޑެމިކް އަދި ތަޖުރިބާއިން އެންމެމަތިން މާކްސް ލިބޭ 10 ބޭފުޅެެކެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6861860 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.