މަސައްކަތް
ނަންބަރު: (IUL)13-E/13/2022/251
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 21 އޮގަސްޓް 2022 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތާއި ހާމަކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ކޮންސަލްޓަންސީ ދިނުމާއި ޤާއިމްކުރުން

އިޢުލާން

 

ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތާއި ހާމަކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ކޮންސަލްޓަންސީ ދިނުމާއި ޤާއިމްކުރުން

 

މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތު ހާމަކުރުމަށް ބޭނުންވާ ޕްލެޓްފޯމެއް ޤާއިމްކުރުމަށްޓަކައި ކޮންސަލްޓަންސީ ދިނުމާއި ޕްލެޓްފޯމް ޤާއިމްކުރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަދި މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ މެއިލް އެޑްރެހަށް 14 އޮގަސްޓް 2022ވަނަ ދުވަހުގެ 14:00ގެ ކުރިން ލިޔުއްވުމުން 17 އޮގަސްޓް 2022ވަނަ ދުވަހު ޖަވާބުތައް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ވަޑައިގެން ޓީ.އޯ.އާރގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected] އަދި [email protected]

 

8 އޮގަސްޓް 2022

08 އޮގަސްޓް 2022