ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2022/43
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 17 އޮގަސްޓް 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކެހުން

އިޢުލާން

 

ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކެހުން

 

         އަލިފުށީ ކައުންސިލާއި އަލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކޮމިޓީން އިސްވެ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށްޓަކައި  މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ.

  ބޭނުންވާ އަދަދު: 20

  ޝަރުޠު: މަސައްކަތް ކުރުމުގެ ޖިސްމާނީ ކުޅެދުންތެރިކަން ލިބިފައިވުމާއި، 18 އަހަރާއި 65 އަހަރާ ދެމެދު މީހެއްކަމުގައިވުން

  އުޖޫރަ: 2000ރ

  މުއްދަތު: 1 އަހަރު ދުވަސް

       ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލް އިދާރާއަށް ސިޓީ ހުށައެޅުއްވުމަށް ދަންނަވަމެވެ. ސިޓީ ހުށައަޅުއްވާއިރު ކުރިމަތިލާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، މި މަސައްކަތަށް 20 ފަރާތަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާފައިވާނަމަ މީހުން ހޮވާނީ ގުރުއަތުންނެވެ.

       މިކަމާއި ގުޅިގެން ބާއްވާ މައުލޫމާތުގެ ސެޝަން 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އަލިފުށީ ކައުންސިލް އިދާރާ މީޓިންގ ރޫމްގައި އޮންނާނެއެވެ.

 

10 މުޙައްރަމް 1444

08 އޮގަސްޓް 2022

 

 

                                                                  ޙަބީބާ އިދުރީސް

                                                                އ.ތ.މ ކޮމިޓީގެ ރައީސާ

08 އޮގަސްޓް 2022