ދިވެހިރާއްޖެ
ތުލުސްދޫގެ ވޮލީ ކޯރޓްގައި ރޮސްޓްރޮމްއެއް އަޅައިދޭނޭ ފަރާތެއްހޯދުން.
މިކައުންސިލްގެ (IUL)333/333/2022/32 ނަންބަރު އިއުލާނާ ގުޅިގެން ހުށައަޅާފައިވާ ބީލަންތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ. މިކައުންސިލުންދޭ މައުލޫމާތުތަކަށް ބިނާކޮށް ކ. ތުލުސްދޫގައި ތުލުސްދޫގެ ވޮލީ ކޯރޓްގައި ރޮސްޓްރޮމްއެއް އަޅައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮގަސްޓް 2022 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތު ސާފުކުރެއްވުމަށް 11 އޮގަސްޓް 2022 ވަނަ ދުވަހު 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓް 2022 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 މުހައްރަމް 1444