ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2014/204
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 22 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން / ސެކްޝަން

އެކައުންޓްސް ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީ އާއި މިނިސްޓްރީގެ މުއައްސަސާތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ހިންގުމަށް ބޭނުންވާ މީޑިއަމްޓާރމް ބަޖެޓް މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތަށް ތައްޔާރުކޮށް ސަރުކާރުން ބަޖެޓު ހޯދުމުގެ މަސައްކަތްތައް ރާވައި ހިންގުމާއި މިނިސްޓްރީ އާއި މިނިސްޓްރީގެ މުއައްސަސާތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ހިންގުމަށް ކަނޑައެޅޭ ބޭރުގެ އެހީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކަށާއި އެހީދިން ފަރާތްތަކުގެ ގައިޑްލައިންސްއާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  5. ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

ސީނިއަރ ރެޖިސްޓަރޑް ނަރސް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ޑިވިޝަން/ ސެކްޝަން

ކޮލިޓީ އެޝުއަރެންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާއި އެސްއޯޕީތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީ މީހުންގެ ލަފަޔާއި އިރުޝާދުގެ މަތިން ތައްޔާރުކޮށް ފާސްކުރުމަށްފަހު ޕަބްލިޝް ކުރުމާއި ޞިއްޙީ ޚިދުމަތާ ގުޅޭ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާއި ގަވާއިދުތައް ފާސްކޮށް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ބާރުހޯދުމާއި އަދި ޞިއްޙީ ޚިދުމަތާ ގުޅޭ ސްޓޭންޑަރޑްތަކާއި ގައިޑްލައިންތަކާއި އެސްއޯޕީތަކަށް ޑޮކިޔުމަންޓް ކޮންޓްރޯލް ސިސްޓަމެއް އުފައްދައި އަދި މި ސިސްޓަމް މޮނިޓާރކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓް އަކުން ނަރސިން ޑިގްރީއެއް ހާސިލުކުރުމަށްފަހު 2 އަހަރު ދުވަހު ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.  

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

ހިއުމަން ރިސޯސް ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް މުވައްޒަފުން ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން ރިސޯސް މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ހިއުމަން ރިސޯސް ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުމުގެ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ރެޖިސްޓަރީއަށް އަންނަ ބަދަލުތައް އަޕްޑޭޓުކޮށް ބެލެހެއްޓުމާއި ކޮންމެ އަހަރެއްގެ އަހަރު ރިޕޯޓު ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / އެޑްމިނިސްޓްރޭޝަން ޑިވިޝަން  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާރޓްމަންޓު ތަކާއި މިނިސްޓްރީގެ އެކި ސެކްޝަން ތަކަށް ފޮނުވަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފޮނުވުމާއި އަދި މާލޭގެ އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމު

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އިންފޮމޭޝަން ޓެކްނިލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ)

ސުންގަޑި

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިނިސްޓްރީގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.

 

09 އޮކްޓޫބަރު 2014