މަސައްކަތް
ނަންބަރު: (IUL)GS-103/GS-103/2022/9
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 16 އޮގަސްޓް 2022 10:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
މި ސުކޫލުގެ ސްޓާފްރޫމް އަމިއްލަ ތަކެތިގައި އަޕްގްރޭޑްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިސްކޫލުން ކުރި އިޢުލާން ނަމްބަރ (IUL)GS-103/GS-103/2022/8 ބިޑް ޑޮކިއުމަންޓްގައި މައްސަލައެއް އުޅޭތީވެ އެއިއުލާން ބާތީލް ކޮށް އަލުން މި ސުކޫލުގެ ސްޓާފްރޫމް އަމިއްލަ ތަކެތިގައި އަޕްގްރޭޑް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ޕްރޮޖެކްޓްގައި  ރަޖިސްޓްރީ ކުރުމަށް  2022 އޯގަސްޓް 08 ން 2022 އޮގަސްޓް 11 އަށް ސްކޫލުގެ އީމެއިލް [email protected]  އަށް މެއިލްކޮށްގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރާއިރު ބޭނުންވާ މަޢުލޫމާތު ބީލަން ފޮތުގައި ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022  އޮގަސްޓް 1 ގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި

ފޯން: 6540580

އީ-މެއިލް: [email protected]

10 މުޙައްރަމް 1444

08  އޯގަސްޓް  2022

08 އޮގަސްޓް 2022