ދިވެހިރާއްޖެ
މި އޮތޯރިޓީއަށް 3 ލެޕްޓޮޕް ގަތުމަށް ބޭނުންވެއެވެ.
މިގޮތުން ގަންނަން ބޭނުންވަނީ މި އިޢުލާނާ އެކުގައިވާ ސްޕެސިފިކޭޝަންތަކުގައިވާ (2 ބާވަތުގެ) 3 ލެޕްޓޮޕް އެވެ.
މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދޭ އުސޫލުންނެވެ. މައުލޫމާތު ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. (އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މިނިމަމް ރިކުއަރމަންޓް ފުރިހަމަ ނުވާނަމަ އިވެލުއޭޝަނަށް ކޮލިފައި ނުވާނެއެވެ.)
ވީމާ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2022 ވަނަ ދުވަހު ހެނދުނު 10:00އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސްޕެސިފިކޭޝަންގައިވާ 2 ބާވަތުގެ ލެޕްޓޮޕަށް އަންދާސީ ހިސާބު ހުށަހެޅުން ލާޒިމެއްނޫނެވެ. އަދި ފޯރުކޮށްދޭން އިޚްތިޔާރުކުރާ ބާވަތުގެ އަގު ވަކިން އެނގޭގޮތަށް ބިޑް ހުށަހެޅުމަށްވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 17 އޮގަސްޓް 2022 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
8 އޮގަސްޓް 2022