ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/109
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 11 އޮގަސްޓް 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަސަބު ގެތުން ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހިންގޭ ކަސަބު ގެތުން ބޭސިކް އިން ފެށިގެން އެޑްވާންސަށް ކުރިއަށް ގެންދެވޭ 15 ދުވަހުގެ މުއްދަތުގެ ކޯހެއް 2022 އޯގަސްޓް 16 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައިއެވެ. މިކޯހުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 40 އަހަރާއި ދެމެދުގެ ކުޅުދުއްފުށީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށެވެ. އެގޮތުން ފުރުޞަތު ހުޅުވާލެވިފައިވަނީ ޖުމްލަ 10 ބައިވެރިންނަށެވެ.

ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ 2022 އޯގަސްޓް 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުމުގައެވެ. މި ކޯހަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ މި ބައްދަލުވުމަށް ދުރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9958819 އަށެވެ.

    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 އޮގަސްޓް 2022