ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)396-A/2022/57
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި:
14 އޮގަސްޓް 2022 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކުގެ އިމާމުން / މުދިމުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ
ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި
މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް
ޢާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް:
|
އިމާމް/ މުދިމް
|
ބޭނުންވާ ޢަދަދު:
|
4 (ފަހެއް)
|
މަޤާމުގެ ބާވަތާއި މުއްދަތު:
|
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް
|
ވަޒީފާއަދާ ކުރަންޖެހޭ ތަން:
|
ލ.ދަނބިދޫ މިސްކިތްތައް / ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
- މަސައްކަތްކުރާ ގަޑިއަކަށް 61.00 (ރުފިޔާ) (އިމާމް)
- މަސައްކަތްކުރާ ގަޑިއަކަށް 53.00 (ރުފިޔާ) (މުދިމް)
|
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު
|
ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް
|
މަޤާމުގެ ޝަރުތުތައް:
|
އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.
|
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ވަގުތުގައި ބަންގިދިނުމާއި އިމާމްވެ ނަމާދުކުރުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގެ ސާފްތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
- މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަންއުޅޭކަން އެނގިއްޖެނަމަ މިސްކިތްތަކާބެހޭ ސެކްޝަންގެ އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
- މިސްކިތުގެ އިމާމު އޮފީހަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމަށްކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަކަށް މިސްކިތަށް މީހަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށް ފައިވާ އިމާމްގެ ޒިންމާއެކެވެ. މިގޮތަށް ހަވާލުކުރައްވާ މީހަކީ ތަޖުވީދުމަގުން ޤްރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި ރީތިކޮށް ބަންގިދޭން އެނގޭމީހަކަށް ވާންވާނެއެވެ. އަދި މިކަން އޮފީހަށްވެސް އެންގުން.
- 10. އޮފީހުންއަންގައިފިހިނދެއްގައި ކޭތަނަމާދާއި،އީދުނަމާދާއި،ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމްވެކުރުން.
11. މިނިސްޓްރީން ހުއްދަލިބިގެން މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
12. މިސްކިތްތަކާބެހޭގޮތުންރައްޔިތުންކުރާޝަކްވާގެއަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
13. ކަށުކަމާކެމީގެ ކަންތައްކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ހާލަތެއްގައި)
- ރަސްމީ މަސައްކަތާއި ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.
|
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2022 ވާ އާދިއްތަ
ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ
ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ
ނަންބަރު 6800724 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.