ވަޒީފާގެ ފުރުޞަތު
ނަންބަރު: GS155/IUL/2014/16
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 21 އޮކްޓޫބަރު 2014 12:00
އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 ( އެކެއް)

ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް 1

(ސަޕޯރޓް ސަރވިސް 1 )

މަޤާމުގެ ގިންތި

ދާއިމީ

އޮފީސް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ސްކޫލް

ސެކްޝަން

އިދާރީ ސެކްޝަން

ވަޒީފާ އަދާކުރަންޖޭ ތަން

އދ އޮމަދޫ ސްކޫލް

ޔުނިޓް

އދ އޮމަދޫ ސްކޫލް އިދާރީ ޔުނިޓް

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޮފީހާއި ސްޓާފްރޫމް ކޮމްޕިއުޓަރ ލެބް އަދި ކުލާސްރޫމްތައް ކުނިކަހައި ސާފުކުރުން.
  2. ސްކޫލް ގޯތިތެރޭގައާއި ވަށައިގެންވާ މަގުތަކުގައި ކުނިކެހުން.
  3. ސްކޫލް ގޯތިތެރޭގައި ހުރި ގަސްތައް ކޮށައި ގަސްތަކަށް ފެންދިނުން.
  4. ފާޚާނާތައް ސާފުކުރުމުގެ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ވަޒީފާގެ އަސާސީ ޝަރުޠު ހަމަވޭތޯ ބެލުން
  2. ލިބިފައިވާ އިތުރު ތަޢުލީމަށް ބެލުން
  3. ވަޒީފާއާއި ގުޅޭ ކުރު ތަމްރީނު ހަދާފައިވަނީ ކިހާވަރަކަށްތޯ ބެލުން
  4. ވަޒީފާއާ ގުޅޭ މަސައްކަތު ތަޖުރިބާ ހުރި މިންވަރު
  5. އެހެނިހެން މަސައްކަތު ތަޖުރިބާ ހުރި މިންވަރު
  6. އިންޓަވިއު އާއި ޕްރެކްޓިކަލްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް.

އިތުރުގަޑީގެ ފައިސާ:

އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 

ފޯން: 6680840

ފެކްސް: 6680840

އީމެއިލް: [email protected]

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.     

ނޯޓް:މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 06 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ އދ.އޮމަދޫ ސްކޫލުގައެވެ.

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ވެބްސައިޓް www.adhomadhooschool.com އިން އަދި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014