ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2014/45
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 22 އޮކްޓޫބަރު 2014 14:00
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
ޕްރިންޓަރ

މި މަޤާމަށް ކުރިން ކުރެވުނު އިޢުލާނު ނަންބަރު: 30/2014/I/HR-170 އިޞްލާޙު ކުރުމަށް ބާޠިލު ކުރުމަށްފަހު އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

މަޤާމު:

ޕްރިންޓަރ

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

އެސް.އެސް 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/3875 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް މައިންޓަނަންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކުއްލިއްޔާއިން ޗާޕުކޮށް ޕްރިންޓް ކުރަން ޖެހޭ ތަކެތި ޗާޕުކުރުމާއި ޕްރިންޓް ކުރުމާއި ހީރާސް ޖެހުން.

2. ކުއްލިއްޔާގައި ޗާޕުރުކުމަށާއި ޕްރިންޓް ކުރުމަށް ބޭނުންކުރާ މެޝެނަރީއާއި ޕްރިންޓަރތައް ގަވާއިދުން ސާރވިސްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކުރުން.

3. ކުއްލިއްޔާގައި ޗާޕުރުކުމަށާއި ޕްރިންޓް ކުރުމަށް ބޭނުންވާ ދެލި، މާސްޓަރ ރޯލް ކަރުދާސްފަދަ ތަކެތި ހުސްވުމުގެ ކުރިން ނޯޓްކޮށް ކުއްލިއްޔާގެ މަސައްކަތަށް ދަތިނުވާނޭހެން ހޯދުން.

4. ކުއްލިއްޔާގައި ޗާޕުރުކުމަށާއި ޕްރިންޓް ކުރުމަށް ބޭނުންކުރާ މެޝެނަރީސް އާއި ޕްރިންޓަރު ފަދަ ތަކެތި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރޕާޓްސް ފަދަ ތަކެތި ކަމާބެހޭ މުވައްޒަފަކާ ގުޅައިގެން ހޯދުން

5. މަސައްކަތް އިތުރަށް ފުރިހަމަ ކުރެވޭނޭ ޒަމާނީ އައު ގޮތްތަކާއި ވަސީލަތްތައް ހޯދައި ބޭނުންކުރުން

6. ކޮޕީރައިޓްސް ލޯ އަދި ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއްކޮށް އެ ގަވާއިދުތަކަށް އިޙުތިރާމް ކުރުން

7. ޗާޕްކުރުމަށް ނުވަތަ ޕްރިންޓު ކުރުމަށް ހަވާލުކުރެވޭ ތަކެތީގެ ސިއްރު ހިފެހެއްޓުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

8. ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން

9. ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީން / ލައިސަންސް / ހުއްދަ / ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު،       ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ކުއްލިއްޔާގެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް.

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ  ތާރީޚު:

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާ އަށް

އިންޓަވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގ ރޫމް ގައެވެ.

އިންޓަވިއު ބޭއްވޭނެ މުއްދަތު:

26 ނޮވެންބަރު 2014 ން 30 ނޮވެންބަރު 2014 އަށް

ޝޯޓްލިސްޓު ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެކަނި ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014