ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)485-MI/1/2022/63
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 08:51
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކަރަންޓު ސޮކެޓް، ދިއްލުން އަދި ފަންކާ ސަރކިޓްތަކާބެހޭ

މި އޮތޯރިޓީން ތަންފީޛުކުރަމުންގެންދާ ގަވާއިދު 'މާލެއާއި ރާއްޖެތެރޭގައި ޢާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ޤަވާޢިދު' އަކީ 2000ވަނަ އަހަރުގެ ކުރިން ހަދައި ޢާންމު ކުރެވިފައިވާ ގަވާއިދެއްކަމުން، އެގަވާއިދުގައިވާ ބައެއް ކަންކަމަކީ މިހާރު އައުޓްޑޭޓެޑް ކަންކަން ކަމުގައި މި އޮތޯރިޓީން ދެކެމެވެ.

މިކަމާގުޅޭ ވަކި ގަވާއިދެއް ނުވަތަ މިންގަނޑެއް ޝާއިއު ކުރެވެންދެން، މިއޮތޯރިޓީން އަމަލު ކުރާނީ ތިރީގައިވާ ގޮތަށެވެ.

ސާރކިޓަކަށް ގުޅޭ އެންމެ ގިނަ ދިއްލުން އަދި ފަންކާ:

ދެންނެވުނު ގަވާއިދުގައިވަނީ އެޒަމާނުގައި ޢާންމުކޮށް ބޭނުންކުރި (ފިލަމެންޓް) ދިއްލުންތަކުގެ ވޮޓޭޖްއަށް ބަލާފައި ކަނޑައަޅާފައިވާ އަދަދެއް ކަމުގައިވާތީ، އަދި މިހާރު ހަކަތަ ސަމަކާރަ ދިއްލުންތައް މާރކެޓްގައި ޢާންމުކޮށް އަދި އަގު ހެޔޮކޮށް ލިބެންހުރުމާއެކު، 800 އަކަފުޓޫގެތެރޭގައި ދިއްލުން އަދި ފަންކާ ހިމެނޭ ސަރކިޓަކަށް، 10 ދިއްލުން އަދި 2 ފަންކާ ހަރުކުރެވިދާނެއެވެ. މި ސަރކިޓަށް އިތުރު އެއްވެސް ކަރަންޓު ބޭނުންކުރާ އާލާތެއް ގުޅައިގެން ނުވާނެވެ. އަދި، މި ސަރކިޓްގެ ކަރަންޓު ލޯޑް 1000 ވޮޓް އަށް ވުރެން އިތުރު ވެގެން ނުވާނެއެވެ. މީގެ އިތުރުން، މިފަދަ ސަރކިޓްތައް ވައިރު ކޮށްފައި ހުންނަވާނީ 2.5 sqmm ސައިޒުގެ ނަރުންނެވެ. އަދި ސަރކިޓް ޕްރޮޓެކްޝަންއަށް އެންމެ މަތިވެގެން ބޭނުންކުރެވޭނީ ޓްރިޕް ކަރވް 'ސީ' ގެ 10 A އެމް. ސީ. ބީ. އެވެ.

ސާރކިޓަކަށް ގުޅޭ އެންމެ ގިނަ ކަރަންޓު ސޮކެޓް:

ކަރަންޓު ސޮކެޓް ސަރކިޓެއްގައި އެންމެ ގިނަވެގެން ގުޅޭނީ 13A ގެ 4 ސޮކެޓެވެ. އަދި މިފަދަ ސަރކިޓެއްގައި އެންމެ މަތިވެގެން ބޭނުންކުރަންވާނީ ޓްރިޕް ކަރވް 'ސީ' ގެ 16A އެމް. ސީ. ބީ. އެވެ. އެއް ސަރކިޓްގައި މި އަދަދަށް 800 އަކަފޫޓުގެ ތެރޭގައި ހުންނަ ކޮންމެ (މިސާލު: ނިދާ ކޮޓަރި، ފެންޑާ، ސިޓީންގް ރޫމް، ބަދިގެ) ކޮޓަރި/ސަރަހައްދަކަށް ގުޅިދާނެއެވެ. އަދި އެއް ސަރަހައްދަކަށް ނިސްބަތްވާ ސޮކެޓެއް އެހެން ސަރަހައްދެއްގައި ހުރެގެން ނުވާނެވެ. މީގެ އިތުރުން، މަތީ ކަރަންޓުނަގާ އާލާތްތައް (އޭ.ސީ.، ހީޓަރު، ކުރާ..) މިފަދަ ސަރކިޓަކަށް ގުޅައިގެން ނުވާނެއެވެ. އަދި އެފަދަ އާލާތްތަކަށް ވަކި ސަރކިޓްއެއް އަޅަންވާނެއެވެ.

ސަރކިޓް ބްރޭކަރު ލޯޑް ކުރެވޭ އެންމެ މަތި:

އެއްވެސް ސަރކިޓްއެއްގެ ޑިޒައިން ލޯޑް އެ ސަރކިޓް ގުޅާފައިވާ ބްރޭކަރެއްގެ ރޭޓެޑް ކަރަންޓުގެ %80 އަށް ވުރެ މަތި ވެގެން ނުވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2022