ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/90(IUL)
އިޢުލާން
ގާފަރު ކައުންސިލްގެ 7 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ގާފަރުގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކާއި ގާފަރުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން މި ކައުންސިލްގެ 7 ވަނަ ޤުރުޢާން މުބާރާތް 01 ސެޕްޓެމްބަރު 2022 ވާ ބުރާސްފަތި ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި ގޫގަލް ފޯމް މިއިދާރާގެ މީސްމީޑިއާގެ އެކި މަންސަތަކުގައި ހިއްސާކުރެވޭނެއެވެ. މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.