ޢާންމު މަޢުލޫމާތު
ނަންބަރު: L3MC-B/2022/02
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:55
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރޭނެގޮތުގެ އުޞޫލް

ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރޭނެގޮތުގެ އުޞޫލް އާއްމުކުރުން

 

ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2022/R-99 ޢާއިލާއާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާއި، 8 ވަނަ މާއްދާގެ (ނ) ގައި ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރޭނެގޮތުގެ އުޞޫލް ކޮންމެކޯޓަކުން އެކުލަވާލައި އާއްމުކުރަންވާނެކަމަށް ބުނެފައިވާތީ، ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރޭނެގޮތުގެ އުޞޫލް މި އިޢުލާނާއިއެކު އާއްމުކުރީމެވެ.  

 

 

ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު

ފ.ބިލެތްދޫ

ދިވެހިރާއްޖެ

ނަންބަރު L3C/Usoolu/2022/01

 

ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރޭނެގޮތުގެ އުޞޫލް

 

ތަޢާރަފާއި ނަން

1.

(ހ) މިއީ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2022/R-99 ޢާއިލާއާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާއި، 8 ވަނަ މާއްދާގެ (ނ) ގައި ކޯޓުން މިފަދަ އުޞޫލެއް އެކުލަވާލުން ލާޒިމުކޮށްފައިވާތީ އެކުލަވާލާފައިވާ "ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނި ކޮށްދޭ ގަޑިއާއި، ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާތަނަކީ އެކަމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރޭނެގޮތުގެ އުޞޫލް" އެވެ.

މަޤްޞަދު

2.

(ށ) މި އުޞޫލުއެކުލަވާލުމުގެ މަޤްޞަދަކީ ކޯޓުން ކުރާ ކާވެނިތަކުގެ ތެރެއިން ކޯޓުން ބޭރުގައި ކާވެނިކުރާތަނާއި އެތަންތަން ހުންނަންވާނެ މިންގަނޑު ކަނޑައެޅުމާއި، ކޯޓާއި ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑިތައް ކަނޑައެޅުމެވެ.

ކާވެނިކޮށްދޭތަން

3.

(ހ) އާއްމުގޮތެއްގައި ކާވެނިކޮށްދޭނީ، ކޯޓުގައެވެ. 

(ށ) މިމާއްދާގެ (ހ) ގައި އެފަދައިން ބަޔާންވެފައި އޮތްނަމަވެސް ކާވެނިކޮށްދިނުމަށް އެދޭ ފަރާތްތަކުން ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާންވެފައިވާ ގޮތުގެމަތިން ކޯޓުންބޭރުގައި ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ތަނަކީ ތިރީގައި މިބަޔާންކުރާ ކަންކަން ފުރިހަމަ ވެފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ.

1. ކާވެނިކުރަން އެދޭ ތަނަކީ އެކަމަށް ތައްޔާރުކުރެވިފައިވާ ތަނަކަށް ވުން.

2. ކާވެނިކުރަން އެދޭ ތަނަކީ، ހަމަހިމޭން މާޙާއުލެއްގައި ހުންނަ ތަނެއްކަމުގައި ވުން.

3. ކާވެނިކުރަން އެދޭ ތަނުގައި ކާވެނިކޮށްދޭ މައުޒޫނާއި ކޯޓުގެ އިތުރު ދެ މުވައްޒަފުންނާއި، ކާވެނިކުރަންއެދޭ ފިރިހެނާ އާއި އަންހެނާގެ އިތުރުން ވަލީވެރިޔާ އާއި ދެހެކިވެރިންނަށް އިށީދެވޭނެގޮތަށް ގޮޑި ހުރި ތަނަކަށްވުން.

4. ފޮތްފަދަ ތަކެތި ބެހެއްޓުމަށް މޭޒެއްފަދަ އެއްޗެއް ހުރި ތަނަކަށްވުން.

5. ކާވެނިކުރަން އެދޭތަނަކީ އެކަށީގެންވާ އަލިކަމެއްހުރި ތަނެއްކަމުގައިވުން.

ރަސްމީގަޑިގައި ކާވެނިކޮށްދޭ ގަޑި

4.

(ހ) ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކާވެނިކޮށްދޭނީ، ހެނދުނު 9:00 އިން ފެށިގެން އެދުވަހުގެ ރަސްމީގަޑި ނިމެންދެނެވެ. ރަމަޟާންމަހުގައި ކޯޓުގައި ކާވެނި ކޮށްދޭނީ ކޯޓު ހުޅުވާގަޑީގެ 01 (އެކެއް) ގަޑިއިރުގެ ފަހުން ފެށިގެން ރަސްމީ ގަޑި ނިމެންދެނެވެ.

ކޯޓުގައި ނުރަސްމީ ގަޑީގައި ކާވެނިކޮށްދޭ ގަޑި

5.

ނުރަސްމީ ގަޑީގައި ކޯޓުގައި ކާވެނިކޮށްދޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 20:30 އިން ފެށިގެން 22:30 އަށެވެ.

ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑި

6.

ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑިއަކީ، ރަސްމީ ދުވަސްދުވަހުގަ އާއި ނުރަސްމީ ދުވަސްދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:30 އަށެވެ.

07 އޮގަސްޓް 2022