މަސައްކަތް
ނަންބަރު: (IUL)13-K/13/2022/245
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 27 އޮކްޓޫބަރު 2022 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް. / BESS) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކޮމިޝަން ކުރުން.

ބިޑު ހުށަހެޅުމުގެ ދަޢުވަތު – ތަކެތި ގަތުން

(ޕްރީކޮލިފިކޭޝަނާއި ނުލައި)

( ޕްރޮޖެކްޓް ނަންބަރު: TES/2022/G-010)

 

ޤައުމު:

ދިވެހިރާއްޖެ

ޕްރޮޖެކްޓްގެ ނަން:

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓް ARISE – P172788

ކޮންޓްރެކްޓްގެ ސުރުޙީ:

މި މަޝްރޫޢުގެ ދަށުން ކަޑައެޅިފައިވާ ރަށްތަކުގައި ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް. / BESS) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކޮމިޝަން ކުރުން.

ލޯން ނަންބަރު:

TF0B4303

ބީލަން ރިފަރަންސް ނަންބަރު:

MV-MEE-283164-GO-RFB

 

1. އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދު ތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި ސަރުކާރުން ވަނީ މިފައިސާގެ ބައެއް ތިރީގައި މި ދަންނަވާ ކޮންޓްރެކްޓްތަކަށް ޚަރަދުކުރަން ގަސްތުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ކަޑައެޅިފައިވާ ރަށްތަކުގައި ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް. / BESS) ޑިޒައިން،ސަޕްލައި،އިންސްޓޯލް އަދި ކޮމިޝަން ކުރުން.

ލޮޓް 1: މި ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ، ސ. ހުޅުދޫ-މީދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، އަދި ޅ. ހިންނަވަރުގައި ކަޑައެޅިފައިވާ ތަންތަނުގައި 23-MW/23-MWh ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކޮމިޝަން ކުރުން.

ލޮޓް 2: މި ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި (ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ-ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ-ހިތަދޫ، އަދި މާވަށް)، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ގއ. ވިލިގިލި، އަދި ށ. ފުނަދޫގައި ކަޑައެޅިފައިވާ ތަންތަނުގައި  13.5-MW/17-MWhބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ކޮމިޝަން ކުރުން.

މި ބީލަން އިޢުލާން ކުރެވިފައި މިވަނީ މަތީގައިވާ ދެ ލޮޓްގެ ކޮންޓްރެކްޓަށެވެ. ބީލަންވެރިންނަށް ވަކި ވަކިން ކޮންމެ ލޮޓަކަށްވެސް ބީލަން ހުށަހެޅިދާނެއެވެ. ދެ ލޮޓަށް ބީލަން ހުށަހަޅާ ބީލަންވެރިން، ދެ ލޮޓްގެ ކޮންޓްރެކްޓް ހާސިލްކުރަން އެދޭނެނަމަ ދެ ލޮޓަށް އެއްކޮށްވާ އިވެލުއޭޝަން ކްރައިޓީރިއާ ފުރިހަމަ ކުރަން ވާނެއެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ އެދިލެއްވުމުގެ މަތިން، މަތީގައިވާ ތަކެތި ވިއްކުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ ތަކެތި ވިއްކުމަށް ޤާބިލުކަން ލިބިފައިވާ ބީލަންވެރިންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ބީލަން ފޮތުގެ ސެކްޝަން VII ގައި ހިމެނިފައި ވާނެއެވެ. މި ބީލަމުގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމުގެ މުއްދަތަކީ 12 މަސްދުވަހެވެ. މި ބީލަމުގައި ބައިވެރިވާ ބީލަންވެރިންގެ ކިބައިގައި ހުންނަންޖެހޭ ތަޖުރިބާ އާއި ޤާބިލިއްޔަތުގެ ތަފްސީލް ބީލަން ފޮތުގެ ސެކްޝަން III އިވެލުއޭޝަން އެންޑް ކޮލިފިކޭޝަން ކްރައިޓީރިއާ ގައި ހިމެނިފައި ވާނެއެވެ.

3. މި ބީލަމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވަރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން ބީލަމާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެދިވަޑައިގަންނަވާނަމަ، އޮގަސްޓް 04، 2022 އިން އޮކްޓޯބަރ 20، 2022 އަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މިނިސްޓްރީ އޮފް ފައިނޭންސްގައި ހެދުނު 08:00 އިން މެންދުރުފަހު 02:00 އަށް ރެޖިސްޓަރ ކުރެވޭނެއެވެ. މި ގޮތުން -/1500ރުފިޔާ (ފަނަރަސަތޭކަރުފިޔާ)ނުވަތަ -/100 ޔޫ.އެސް.ޑީ. (އެއް ސަތޭކަ ޔޫ.އެސް.ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މި މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރިކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މި އިޢުލާނުގެ 9 ވަނަ މާއްދާގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ހުށަހެޅުމުން ޙިއްސާ ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 9 ވަނަ މާއްދާގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  • ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް؛ އަދި
  • ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި ބީލަމުގެ ބީލަން ފޮތް ސޮފްޓް ކޮޕީ ފޯރމެޓްގައި މި މިނސްޓްރީގެ ވެބްސައިޓް  www.finance.gov.mv/tendersއިން އޮގަސްޓް 04، 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ބީލަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

6. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި ދަޢުވަތުގެ 9 ވަނަ މާއްދާގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ ނެޝަނަލް ޓެންޑަރގެ އެޑްރެހަށް ލިޔެގެން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.

7. ބީލަމާއި އެކީގައި ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ވަކި ލޮޓް ތަކަށް ބިޑް ސެކިއުރިޓީއަށްވާ އަދަދު ތިރީގައި ވާނެއެވެ.

  • ލޮޓް 1: 240،000.00 ޔޫ.އެސް.ޑީ. (ދުއިސައްތަ ސާޅީސް ހާސް ޑޮލަރު)
  • ލޮޓް 2: 160،000.00 ޔޫ.އެސް.ޑީ. (އެއްސަތޭކަ ފަސްދޮޅަސް ހާސް ޑޮލަރު)

8. ބީލަން ހުޅުވުން އޮންނާނީ އޮކްޓޯބަރު 27، 2022 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ މިނިސްޓްރީ އޮފް ފައިނޭންސް، ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379

ދިވެހިރާއްޖެ،

ފޯން  : (+960) 3349102, (+960) 3349106, (+960) 3349147  

އީމެއިލް : [email protected]

ކޮޕީ  : [email protected]

10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

 

07 އޮގަސްޓް 2022