ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2022/45
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 13 އޮގަސްޓް 2022 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިހާބާއި ގުޅޭ

އިޢުލާން

 

 

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" ތަމްސީލްކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން  2022  އޯގަސްޓް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް، އިންތިހާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ލިސްޓް އަދި އިންތިހާބާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު، މިއިޢުލާނާއެކު އާންމުކުރީމެވެ.

 

އިންތިހާބުގެ ވޯޓްލުން މުލީގައި ކުރިޔަށްދާނީ މުލީ ކައުންސިލް އިދާރާގައެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2022