ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2022/73
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 09 އޮގަސްޓް 2022 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ބާރަށު ޕްރީސްކޫލަށް ތިރީގައި ދަންނަވާފައިވާ މަޤާމަށް ކޮންޓެކްޓް އުޞޫލުން މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމް:

ޓީޗަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ޕްރީސްކޫލް

މުސާރަ:

-/4000 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 ( އެކެއް )

 މުއްދަތު:

2022 – 2023 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚް

 

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން. ނުވަތަ
  2. ޖީސީ އޯލެވެލް އިމްތިހާނުގެ 2 މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދައްވެގެން ' ސީ ' ގުރޭޑް ލިބިފައިވުން.
  3. މަތީގައި ދަންނަވާފައިވާ 2 ސަރުތު ތެރެއިން އެއްވެސް ސަރުތެއް ފުރިހަމަވާ އެޕްލިކޭޝަނެއް ހުށަހަޅާފައި ނުވާނަމަ އެންމެ ރަނގަޅު ނަތީޖާއާއި ތަޖުރިބާއަށް ބަލާ ސަރުތު ހަމަވާ ކަމަށް ނިންމާނީއެވެ.

 

މަޤާމުގެ މަސްޢޫލިއްޔަތުތައް:

1   ޕްރީސްކޫލުން  ރާވާ  ތާވަލަށާއި،ޕްރީސްކޫލްގެ  މުޤައްރަރާއި  އެއްގޮތައް  ދަރިވަރުންނަށް ކިޔަވައިދީއެކި އެކި ހުނަރުތައް އެންމެ ފުރިހަމައަށް ލިއްބައިދިނުން.

2.2   ކިޔަވައިދިނުން (މުޤައްރަރުގައިވާ މަޤުސަދުތައް ހާޞިލުކުރުމަށް)  ވާންޖެހޭ އެންމެހައި ތައްޔާރު  ތަކެއް ވުމާއެކު ކިޔަވައި ދިނުން.

2.3   ކިޔަވައިދޭ ގަޑިތަކުގައި ހަވާލުކުރެވޭ ކުލާހުގެ ދަރިވަރުން  ފުރިހަމައަށް ބެލެހެއްޓްމާއި، ޓީޗަރުންގެ ފުށުންބަލަންވާ

ވަރަށް ނުބެލެހެއްޓިގެން ދިމާވާ ކަންކަމުގައި ޒިންމާ އުފުލުން.

2.4   ކުދިން ސައުޤުވެރިވާ ފަދަ މާޙައުލެއް ކުލާސްރޫމުގެ ތެރޭގައި ޤާއިމު ކުރެއްވުމާއިއެކު ކިޔަވައިދިނުން.

2.5   އަހަރު ތެރޭގައި ޙަވާލް ކުރެވޭ ކުލާހުގެ ދަރިވަރުންނަށް އަންގައިދޭންޖެހޭ ބައިތައް ފުރިހަމަ ކުރެއްވުން.

2.6   ކިޔަވައިދޭ ބައިތައް ޤަވާޢިދުން ވަޒަންކުރުމާއެކު އެތަކެތީގެ ރެކޯޑު ބެލެހެއްޓުން.

2.7   ޓާމަކު އެއްފަހަރު ދަރިވަރުންގެ ޕޯރޓް ފޯލިޔޯ ފުރިހަމަ ކުރެއްވުން.

 

2.8   ބޭނުންވެއްޖެ ހިނދެއްގައި ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯއްދެވުން.

2.9   ކިޔަވައިދޭ  ހުރިހާ ދަރިވަރުންނާމެދު ހަމަހަމަ އުސޫލުން  ޢަމަލު ކުރެއްވުމާއެކު  ދަރިވަރުންނަށް ފުރިހަމަ ނަމޫނާއަކަށްވުން.

2.10   ކުލާހުގެ ޙާޟިރީއާއި، ކިޔަވައިދޭ ތަކެތީގެ ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަ ކުރެއްވުން.

2.11   ޓީޗަރަކުބަލިވެގެންނުވަތައެނޫންވެސްއެފަދަކަމެއްމެދުވެރި ވެގެން ވަޒީފާއަށް ނުނިކުމެވިއްޖެނަމަ އެދުވަހު ހުސްވާ ގަޑިތައް ސްކޫލް އޮފީހުން އަންގަވާ ގޮތެއްގެ މަތީން ނަގައިދިނުން.

2.12    އަހަރުގެތެރޭގައިއަންނަކުޑަކުދިންނާގުޅޭއެކިއެކިދުވަސްތައްފާހަގަކުރުމުގައިދަރިވަރުންގެކުޅިވަރުތައް

     ރާވާ ފަރިތަކޮށް ދިނުން.

2.13 އިތުރު އެހީއަށް ބޭނުންވާ ދަރިވަރުން ކުލާހުގައި ހިމެނޭނަމަ އެ ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުން 2021 ( 3 ވަނަ އިސްލާހުގެ ) 12 ވަނަ ނަމްބަރުގައި އަމަލުކުރަން ފައްޓަވާފައިވާ " ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލްތަކުގެ " ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އުޖޫރައާއި އިނާޔަތްތައް:

ބާރަށު ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.  

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 10 އޯގަސްޓް 2022 އާއި 16 އޯގަސްޓް 2022 އާއި ދެމެދު އެވެ. އޮންނާނެ ތާރީޚާއި، ގަޑި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، ފަހުން އަންގާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއިއެކު 09 އޯގަސްޓް 2022 ވާ އަންގާރަ  ދުވަހުގެ 11.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް ކުރައްވާނީ info @baarah.gov.mv އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. އެކްރެޑިޓް ކޮއްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ ( ސެޓްފިކެޓްތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).
  4. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑްގެ ދެފުށުގެ ސާފު ކޮޕީ. ( އައިޑީކާޑްގެ އަސްލު، އިންޓަވިއު އަށް ހާޒިރު ވާއިރު ގެންނަން ވާނެއެވެ ).
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

       09 މުޙައްރަމް 1444  

        07 އޮގަސްޓް 2022

07 އޮގަސްޓް 2022