ދިވެހިރާއްޖެ
ބަނޑިދޫ ހުކުރު މިސްކިތުގެ ވުޟޫކުރާބައި އަދި ފާހާނާގެ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)376/376/2022/31 އާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގަކީ މަސައްކަތަށް އެކަށީގެންވާވަރަށްވުރެ ބޮޑު އަގެއްކަމަށް މިއިދާރާއަށް ފާހަގަކުރެވިފައިވާތީވެ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓް 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރީވުމަށްއެދި މި ކައުންސިލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 24 އޮގަސްޓް 2022 ވަނަ ދުވަހުގެ 11:00 ގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 15 އޮގަސްޓް 2022 ވަނަދުވަހުގެ 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
7 އޮގަސްޓް 2022