ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)291/291/2022/13
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 17 އޮގަސްޓް 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީ މަރުކަޒްގެ ގޮތުގައި ބެނުންކުރި އިމާރާތް މަރާމާތުކުރުމާއި ގުޅޭ:

އިޢުލާން

 

އިޖްތިމާއީ މަރުކަޒްގެ ގޮތުގައި ބެނުންކުރި އިމާރާތް މަރާމާތުކުރުމާއި ގުޅޭ:

 

             އިޖްތިމާއީ މާރުކަޒްގެ ގޮތުގައި ހިންގަމުން އައިސްފައިވާ އިމާރާތަށް ބައެއް ބަދަލުތަށް ގެނެސް މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފްކުރަށްވަން ބެނުންފުޅުވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2022 އޮގަސްޓް 9 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ.

             އަދި، މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2022 އޮގަސްޓް 17 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

             މި މަސައްކަތަށް ކުރިމަތިލެވެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2018/14 ) ގެ ދަށުން ވިޔާފާރި ރަޖިސްޓްރީކުރެވިފައިވާ ތިރީގައި މި  ބަޔާންކުރާ ފަރާތްތަކަށެވެ.

  • ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
  • ޕާޓްނާޝިޕް ގާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ޕާޓްނާޝިޕްތައް.
  • އަމިއްލަ ފަރުދުންގެ ވިޔާފާރި ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔާފާރި ކުންފުނިތައް.

            އަދި، އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔާފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބެފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވެނެ ވާހަކަ ދަންނަވައި މިކަން އަންމުކޮށް އިޢުލާނުކުރިމެވެ.

09 މުޙައްރަމް 1444

07 އޮގަސްޓް 2022

07 އޮގަސްޓް 2022