ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކޮށް ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ
ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށުތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށުކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހުށަހަޅުއްވާފައިވާ، މި އިދާރާގެ 10 ރަށުކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ރަށު ކައުންސިލް
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދަރާ
- ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
- ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
06 މުޙައްރަމް 1444
04 އޮގަސްޓު 2022