މަސައްކަތް
ނަންބަރު: (IUL)268/2022/31
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 14 އޮގަސްޓް 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކުގައި ސޯލާޕަންޕް ހަރުކުރުމަށް، ފެންވަޅުތަކާއި ސޯލާ ސްޑޭންޑްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ނޭކުރެންދޫގެ ދަނޑުތަކަށް ފެންދިނުމަށް ސޯލަރ ޕަންޕު ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އެހީތެރިކަމާއެކު ކައުންސިލްއިން ހިންގާ ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަން ކުރާ ސަރަޙައްދުގައި 17 ފެންވަޅު އަދި ސޯލާ ޕަމްޕްތައް ހިންގުމަށް ބޭނުންވާ ސޯލާ ޕެނަލްސް ހަރުކުރާ ސްޓޭންޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 14 އޮގަސްޓް 2022 ވާ އާދައްތަ ދުވަހުގެ  13:00 އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓާއި އަގު ހުށަހަޅާފޯމް މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. ބިޑު ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަށް ބޭނުންފުޅުވެވަޑައިގަންނަވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ 6520042 ގުޅުއްވާ ނުވަތަ މިއިދާރާއަށް މެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

07 އޮގަސްޓް 2022