ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2022/21
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 07 އޮގަސްޓް 2022 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ޑްރައިވަރ

ނަމްބަރ: 21KFC/HR/2022/  

 

ވަޒީފާގެ ފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ ޑުރައިވަރ

ބޭނުންވާ ޢަދަދު

 1( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކާގޯ / ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

9,361.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

·         އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ހުރުމާއި،ކެއުމުގެއިންތިޒާމުވެސްހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

·         C2, C1 ކެޓަގަރީގެ ޑުރައިވިން ލައިސްސް އޮތުމާއެކު ފޯކްލިފްޓު ދުއްވަން އެގުން.

·         ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

·         ދިވެހި، އިނގިރޭސި ބަހުން ލިޔަންކިޔަން އެގުން.

މަޤާމުގެ މަސްޢޫލިއްޔަތު:

·         ކަޑައެޅިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ގަޑިއަށް ސަމާލުވެ ވަޒީފާއަށް ޙާޒިރުވުން.

·         ކަޑައެޅިފައިވާ ޔުނިފޯމް ފުރިހަމަ ކުރުމާއި، އަމިއްލަ ސާފްތާހިރު ކަމަށް އިސްކަން ދިނުން.

·         ފޯކްލިފްޓުން މަސްކޮންޓެއިނާ ތައް ނެގުމާއި، ކައްޓާ މައްޗަށް އެރުވުމާއި، ޕިކަޕްޓުރެކަށް ކޮންޓެއިނާ ބަރުކުރުމާއި، ޕިކަޕްޓުރެކުން މަސް އުފުއްލުން.

·         ފޯކްލިފްޓުން ހުސްކޮންޓެއިނާ ނެގުމާއި، ޖެހުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

·      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

·      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

·         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

·         ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

·         ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

·         ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

·         ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

·         އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.

·         އީމެއިލް ކުރައްވާނީ [email protected]އަށެވެ.

·         ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 10 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ.

·        މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                                4 އޮގަސްޓް 2022  

04 އޮގަސްޓް 2022