ދިވެހިރާއްޖެ
ގ. ގްރީންގޭގައި ނޭޝަނަލް ޑްރަގް އޭޖެންސީ ހިންގަމުން ގެންދާ އިމާރާތުގައި ހުރި ރިސެޕްޝަނުން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް މ. ސީޓުރެކްސް ބިލްޑިންގުގެ 02 ވަނަ ފަންގިފިލާއަށް ބަދަލުކުރުމާއި ގުޅޭ:
ގ. ގްރީންގޭގައި ނޭޝަނަލް ޑްރަގް އޭޖެންސީ ހިންގަމުން ގެންދާ އިމާރާތުގައި ހުރި ރިސެޕްޝަނުން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް 2022 އޮގަސްޓް 14 ވަނަ ދުވަހުން ފެށިގެން ގުރާބުތުނޑި ހިނގުމުގައި ހުންނަ މ. ސީޓުރެކްސް ބިލްޑިންގުގެ 02 ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ގ. ގްރީންގޭ އިމާރާތުގައި ހުރި ކައުންޓަރުން މިހާރު ދެއްވަމުންގެންދަވާ ޚިދުމަތުގެ ތެރެއިން ސަރުކާރު އޮފީސްތަކާއި އާންމު ފަރާތްތަކުން މިއެޖެންސީއަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް 2022 އޮގަސްޓު 14 އިން ފެށިގެން ބަލައިގަންނާނީ މ.ސީޓުރެކްސް ބިލްޑިންގެ 02 ވަނަ ފަންގިފިލާއިންކަމުގައި ދަންނަވަމެވެ. އަދި މިއެޖެންސީއިން ދެމުން ގެންދާ ފަރުވާއާއި ގުޅުންހުރި ލިޔެކުޔުން ހުށަހަޅުއްވާނީ ގ.ގްރީންގޭގައި ހިންގަމުން ގެންދާ އިމާރާތުގެ ރިސްޕްޝަނުންކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ބަދަލުކުރެވުނު އެޑްރެސް
މ.ސީޓުރެކްސް ބިލްޑިން
02 ވަނަ ފަންގިފިލާ
ގުރާބުތުނޑި ހިނގުން
މާލެ/ ދިވެހިރާއްޖެ