ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS41/2014/36
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 19 އޮކްޓޫބަރު 2014 10:00
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ހޯދުން:

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު GS41/2014/34ފ(29 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތް ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވަނަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވަނަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

4     Powered Speaker 1000W

1     Portable Sound System 500W

1     8-Channel Compact Mixer with Effects

3     Speaker Stand (Pair)

1     Pro Dynamic Vocal Microphone

4     Microphone Stand

2     DVD Player

350ft Pro Microphone Cable 6.5mm

6     XLR Male Connector Silver Contacts

6     XLR Female Connector Silver Contacts

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ކަނޑައެޅިފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނެއްގެ ހުށަހެޅުމަކަށް، އިވެލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
  • އެގްރީމެންޓްގައިވާ މުއްދަތުގައި މި އިޢުލާނުގައިވާ ތަކެތި ގެނެސް ނުދެވިއްޖެނަމަ، ޖުމުލަ އަގުން ދުވާލަކު 0.75 އިންސައްތަ ޖުރިމަނާގެ ގޮތުގައި ކެނޑޭނެއެވެ. މިގޮތުން ކެނޑޭ މިންވަރު، މަސައްކަތުގެ ޖުމުލަ އަގަށްވުރެ އިތުރުވެއްޖެނަމަ، އެހާހިސާބުން ފެށިގެން މަސައްކަތް ޙަވާލުވާ ފަރާތް މަސައްކަތުން ވަކިވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

ޕޮއިންޓް ދޭނެގޮތް:

            އަގަށް:                   75 ޕޮއިންޓް

            މުއްދަތު:                  10 ޕޮއިންޓް

            މާލީގޮތުން އެކަންކުރެވޭނެ ފެންވަރު:   05 ޕޮއިންޓް

            (ފައިނޭންޝިއަލް ޕޮޒިޝަން، ބޭންކް ގެރެންޓީ ފަދަ ލިޔުންތައް)

            ފަންނީގޮތުން އެކަން ކުރެވޭނެ ފެންވަރު

            (ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތާއި އެމަސައްކަތް ކުރެވިފައިވާގޮތް) 10 ޕޮއިންޓް

ހުށަހަޅަންޖެހޭ ތަކެތި:

  • ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ، އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުން.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢަމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިއްކުމަށް ހުށަހަޅާ، (މި އިޢުލާނުގައިވާ) ތަކެތީގެ ފުލް ސްޕެސިފިކޭޝަން (ބްރޯޝަރ/ފޮޓޯ)
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުމެއް.

15 ޛުލްޙިއްޖާ 1435

09 އޮކްޓޫބަރު 2014