ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2022/94
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 25 އޮގަސްޓް 2022 13:30
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތު އިޢުލާން

ރައްޔެތުންގެ މެދުގައި މާތްވި އިސްލާމްދީނަށް ލޯބިޖައްސާ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރު ކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2022 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 1ން 3 ށް  ހުރިހާ ޢުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލުން ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް " އިނގުރައިދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2022" ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ 25 އޮގަސްޓު  2022 ވާ ބުރާސްފަތި ދުވަހުގެ 1:30ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު ފަހު 1:30 އަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6580028  އާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. މުބާރާތާއި ބެހޭ ޤާވާޢިދު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

04 އޮގަސްޓް 2022