ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL10-F/10/2022/130
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރގެ ކޭޓަރިންގ ޚިދުމަތް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ
ނަންބަރ: IUL10-F/10/2022/126 ( 20ޖުލައި 2022) އިޢުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބުފައިނުވާތީ، އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮގަސްޓު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކޭޓަރިންގ ޚިދުމަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، ޓީ.އޯ.އާރް އަދި މެނޫ މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އޮޅުންއަރާ އެއްވެސް
ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ [email protected] އީ.މެއިލްއަށް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.