ދިވެހިރާއްޖެ
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ.
އިޢުލާން ނަމްބަރ: (IUL)CHSE-SMT/1/2022/14
އިޢުލާނު
|
|
މަޤާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J132807 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
MS1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ކ. މާލެ |
މުސާރަ: |
-/5610 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000/-ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސެކްޝަނަށް ލިބޭ ބިލްތައް ޤަވާޢިދުން ބިލް އެންޓްރީ ފޮތަށް އެރުވުން 2- ޕޭމަންޓް ވައުޗަރތައް މިނިސްޓްރީ އޮފް ފިނޭންސް ގެ އެސް.އޭ.ޕީ ގައި ޕާރކްކުރުން. 3- ބަޖެޓް ބާކީކޮށް ކޮންމެ މަހެއްގެ ބަޖެޓް ޚަރަދު ރިޕޯރޓް ތައްޔާރުކުރުން އަދި ފެށޭމަހުގެ 10 ގެ ކުރިން ނިމުނުމަހުގެ ރިޕޯރޓްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވުން. 4- ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުމަށްފަހު ކޮންމެ ދުވަހަކު ތިޖޫރީ ބަލަހައްޓާ ބޭފުޅަކަށް ފައިސާގެ ތަފްސީލް އާއި ފައިސާ ހަވާލުކުރުން އަދި ބަނޑޭރި ޕޯރޓަލް ގައި ފައިސާ ޖަމާކުރުމަށް ރިކްއެސްޓް ކުރާ ފަރާތަކަށް ޕޭމަންޓް ލިންކް ފޮނުވުން. 5- ވައުޗަރާއި ފައިސާއާއި ބެހޭ އެންމެހާ ލިޔެކިއުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން އަދި ޖޭޕީ ހެދުން. 6- އިންވެންޓްރީ ބެލެހެއްޓުން (އިންވެންޓްރީއަށް ތަކެތި ވައްދައި، އެތަކެތީގައި ނަމްބަރުޖެހުން) އަދި ހަލާކުވެގެން އުކާލާ ތަކެއްޗާއި ނީލަންކިޔާ ތަކެތީގެ ރިކޯރޑްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން. 7- ސްކޫލްއިން ދެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން. އަދި އޮފީހުން ހަމަޖައްސާގޮތުގެ މަތިން އިތުރުގަޑީގެ ޑިއުޓީއަށް ނުކުތުން. 8- ސްކޫލަށް ބޭނުންވާ އިކްއިޕްމެންޓާއި މެޝިނަރީސް ހޯދަން މިނިސްޓްރީ އަށް އެޑިއުކޭޝަނުން ހުއްދަހޯދާ އަދި ސެފުން އެސެޓް ކުރިއޭޓްކުރުން. 9- ސްކޫލްގެ އުމްރާނީ ތަރައްޤީ އާއި ވަޞީލަތްތައް ގާވާޢިދުން ބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ރަނގަޅުކުރުން. 10- ފައިސާ ބަލައިގަތުމުގެ މަސައްކަތްތައް ބަނޑޭރި ޕޯޓަލް އިން ކުރިއަށް ގެންދިއުމާއި ޖޭވީ ތައް ޤަވާއިދުން ފިނޭންސް މިނިސްޓްރީގައި ޕާކް ކޮށް ރިޕޯޓް ތައްޔާރުކުރުން 11- ސްކޫލްގައި ރަނގަޅު ކިޔަވާދިނުމުގެ މާހައުލެއް ޤާއިމްކުރެވިފައިވޭތޯ ބަލާ ކްލާސްތަކާއި ހޯލްތައް ހަފްތާއަކު އެއްފަހަރު ނުވަތަ ރިޕޯޓެއް ލިބުމުން ޗެކްކޮށް މަރާމާތުގެ މަސައްކަތެއް ވާނަމަ ވީހާވެސް އަވަހަކަށް މައްސަލަތައް ހައްލުކުރުން. 12- ކަރަންޓާއި ބޯފެނާއި އަދި ނަރުދަމާ ނިޒާމު ބެލެހެއްޓުން، ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް މައްސަލަ ހައްލުކުރުން. 13- ފަރުނީޗަރާއި ފިޓިންގްސްގެ ހުރިހާ މަރާމާތު ކުރުވުން. 14- ފޯނުލައިންތަކާއި، އިންޓަރކަމް ސިސްޓަމްތައް ބެލެހެއްޓުން އަދި މައްސަލަ އެއް ދިމާވެއްޖެނަމަ ކަމާއި ގުޅޭ ފަރާތްތަކާއި ގުޅައިގެން އޭސީތަކާއި ފޮޓޯ ކޮޕީ މެޝިންތައް، ޗާޕް މެޝިންތައް އަދި ކޮމްޕިޔުޓަރތައް ޤަވާއިދުން ސާވިސް ކޮށް ބެލެހެއްޓުން. 15- އޭސީ ތަކާޢި ފޮޓޯ ކޮޕީ މެޝިންތައް ޗާޕް މެޝިންތައް އަދި ކޮމްޕިއުޓަރތައް ޤަވާއިދުން ސާވިސްކޮށް ބެލެހެއްޓުން. 16- ސުޓޮކް ލައިވްކޮށް ބެލެހެއްޓުމާއި ސެޕް ސިސްޓަމްއާއި ހިސާބުތަށް ދިމާކުރުން، އަދި މިކަންތައް ކޮންމެ މަހެއްގެ އެންމެ ފަހު ދުވަހު ޗެކްކުރުން. 17- ސްކޫލަށް ބޭނުންވާ އިކްއިޕްމެންޓާއި މެޝިނަރީސް ހޯދަން މިނިސްޓްރީ އަށް އޮފް އެޑިއުކޭޝަނުން ހުއްދަހޯދާ އަދި ސެޕުން އެސެޓް ކުރިއޭޓްކުރުން 18- މަސައްކަތް ކުރުވުމުގައާއި ތަކެތި ގަތުމުގައި ޕީއޯ ހެދުން އަދި ކޯޓޭޝަން ހޯދުން. 19- އިޢުލާނު ކުރުމާއި މަޢުލޫމާތު ދިނުމާއި ބިޑް އިވެލިޔުއޭޓްކުރުމުގެ މަސައްކަތް ކުރުން އަދި މާލިއްޔަތު ޤަވާއިދު އާއި އެއްގޮތަށް ކުރިއަށް ގެންދިއުން. 20- ސްކޫލުން އަދި ކަމާއި ގުޅޭ މުއައްސަސާތަކުން ހިންގަވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކުގައި ބައިވެރިވުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައ
ޕްރިފަރޑް ޑިސިޕްލީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމެންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން
ކޯ ޑިސިޕްލިން ނެތް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021( ދެވަނަ އިޞްލާޙު ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.) އަދި މީގެ އިތުރުން:
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ގެ 11 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް، [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިހާން އޮންނާނީ އޯގަސްޓް މަހުގެ 17 އަދި 18 ވާ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3321330 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |