ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-MAP/30/2022/240
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 18 އޮގަސްޓް 2022 12:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް  

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް]  އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:

އެކައުންޓްސް އޮފިސަރ

 

ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ.

ބޭނުންވާ ޢަދަދު:

1

މުސާރާ:

-/10،273.5 (އެލަވަންސްތަކާއި އެކު)

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މަޤާމުގެ ޝަރުތު:

 

އެކައުންޓް ނުވަތަ ފައިނޭންސް މެނޭޖްމަންޓްގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 އޮގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 ދެމެދު 3033400 ފޯނާއި ގުޅުއްވުން އެދެމެވެ.

6 މުޙައްރަމް 1443

4 އޮގަސްޓު 2022

04 އޮގަސްޓް 2022